
ހިލޭ އެހީގެ ދަށުން މިސްކިތްތައް އިމާރާތް ކުރުމަށް ތިން އެއްބަސްވުމެއް
# އިސްލާމިކް މިނިސްޓްރީ# މިސްކިތްހިލޭ އެހީގެ ދަށުން މިސްކިތްތައް އިމާރާތް ކުރުމަށް ތިން ފަރާތަކާއެކު އިސްލާމިކް މިނިސްޓްރީން ވަނީ އެއްބަސްވުމެއް ގާއިމްކޮށްފައި----
ހިލޭ އެހީގެ ދަށުން މިސްކިތްތައް އިމާރާތް ކުރުމަށް އެދޭ ތިން ފަރާތަކާއެކު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި މިއަދު ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު ޑރ. ޝަހީމް އަލީ ސައީދު އެވެ.
ހިލޭ އެހީގެ ދަށުން މިސްކިތްތައް އިމާރާތް ކުރުމަށް އެދިގެން ހަވާލުކުރެވުނު ފަރާތްތައް
- އަލީމް ފައުންޑޭޝަން
- ވީސާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
- އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޑެޓް
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާބޭ ވަޒީރު ޝަހީމް ވިދާޅުވީ މި އެއްބަސްވުމުގައި ހުޅުމާލޭގައި ދެ މިސްކިތް ޤާއިމުކޮށް، ޒިކުރާ މިސްކިތް ތިން ބުރިއަށް އިމާރާތްކުރެވިގެންދާނެ ކަމަށެވެ.
ގިނަވެގެން ދެ އަހަރު ދުވަސްތަކުގެ ތެރޭގައި މި މަޝްރޫއުގެ މަސައްކަތް ނިމިގެން ދިޔުމަކީ އަމާޒެއް ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ހުޅުމާލޭގައި މިހާރުވެސް އަމިއްލަ ފަރާތްތަކުން ދަނީ މިސްކިތްތައް ބިނާކުރަމުންނެވެ. ބައެއް މިސްކިތްތައް ރޯދައަސް ހުޅުވުމަށް ވެސް ދަނީ ތައްޔާރުވަމުންނެވެ.
ގުޅުންހުރި

ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން 2026 ފަށައިފި

ވަޤުފާއި ޞަދަޤާތުގެ ލިންކުތަކުން މިއަހަރު މިހާތަނަށް 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ

ލޯކަލް ޓޫރިޒަމްގެ ސަބަބުން މުޖުތަމަޢަށް ކުރާ އަސަރު ދެނެގަތުމަށް ދިރާސާއެއް ހަދަނީ




