
އ.ދގެ ފަތުރުވެރިކަމުގެ ޖަމުއިއްޔާގެ ހާއްސަ އެޑްވައިޒަރަކަށް އައްޔަންކޮށްފައިވާ މުހައްމަދު އަލީ ޖަނާހު
އ.ދގެ ފަތުރުވެރިކަމުގެ ޖަމުއިއްޔާގެ ހާއްސަ އެޑްވައިޒަރަކަށް މުހައްމަދު އަލީ ޖަނާހު އައްޔަންކޮށްފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓްރޭޑް އެންޑް އިންވެސްޓްމަންޓް އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ޖަނާހް އެ މަގާމަށް އައްޔަންކޮށްފައިވަނީ ސްޕެއިންގެ މެޑްރިޑްގައި މިހާރު ކުރިއަށްދާ ފިތޫރު ފެއަރގެ ތެރެއިންނެވެ.
އ.ދގެ ފަތުރުވެރިކަމުގެ ޖަމުއިއްޔާގެ ހާއްސަ އެޑްވައިޒަރަކަށް އައްޔަންކުރެއްވުމާއި ގުޅިގެން ޖަނާހު ވިދާޅުވީ މިއީ ލިބިވަޑައިގަތް ޝަރަފެއް ކަމަށާއި އެކަމަށްޓަކައި ޔޫއެންޑަބްލިއުޓީއޯގެ ސެކްރެޓަރީ ޖެނެރަލް ޒޫރަބް ޕޮލޮލިކަޝްވިލީއަށް ޝުކުރު ދަންނަވާކަމަށެވެ. އަދި މަގާމުގައި ހުންނަވައިގެން އެ ޖަމުއިއްޔާގެ ކުރިއެރުމަށް ކުރެވެންހުރި މަސައްކަތްތަކުގެ އިތުރުންރާއްޖޭގެ ފަތުރުވެރިކަމުގެ ތަރައްގީއަށްވެސް މަސައްކަތްކުރައްވާނެކަމަށް ޖަނާހު ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓްރޭޑް އެންޑް އިންވެސްޓްމަންޓް އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ޖަނާހުއަކީ ވިޔަފާރީގެ އެކި ދާއިރާތަކުގައި 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ވިޔަފާރިވެރިއެެކެވެ. އެގޮތުން ޖަނާހްއަކީ ހޮޓެލް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަންގެ ޗެއާމަންއެވެ.
އަދި އޭނާއަކީ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ރައީސްވެސްމެއެވެ. މީގެއިތުރުން ޖަނާހު ވަނީ އިފޮޕްކާގެ ރައީސްކަންވެސް ކުރައްވާފައެވެ. އަދި އޭނާއަކީ ރާއްޖޭގައި ހުންނަވާ ހަންގޭރީގެ އޮނަރަރީ ކޮންސުލްއެވެ.
ގުޅުންހުރި

މިމަހުގެ ފުރަތަމަ 8 ދުވަސްތެރޭ 55,834 ފަތުރުވެރިން

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަރުގަދަކުރުން އދ. ގެ ހިއުމަން ރައިޓްސް އޮފީހުން ކުށްވެރިކޮށްފި
.jpg&w=3840&q=75)
ރިސޯޓުތަކުގައި 7 ލައްކަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފި




