
ބުރުނީގެ ރައްޔިތުންނަށް ދަތިވެފައިވާ ކަންކަން ޙައްލުކޮށްދެއްވާނަން - ރައީސް
# ތ. ބުރުނީ# ރައީސް މުއިއްޒުރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު --
ކޮޅުމަޑުލު ބުރުނީގެ ރައްޔިތުންނަށް ދަތިވެފައިވާ ކަންކަން ޙައްލުކުރުމުގައި ވަރަށްބޮޑު ސަމާލުކަމެއް ދެއްވައިގެން ސަރުކާރުން އެކަންކަން ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ބުރުނީގެ ރައްޔިތުންނަށް އެޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވީ، އެމަނިކުފާނު ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ބުރުނީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެރަށަށް އެންމެ ބޮޑުވެފައިވާ މައްސަލައަކީ ރަށްގިރުމުގެ މައްސަލަކަން ފާހަގަކުރައްވައި، އެކަމުގެ ސަބަބުން އާންމު ދިރިއުޅުމަށާއި ލޯކަލް ޓުއަރިޒަމް ކުރިއަށް ގެންދިއުމަށް ހުރަސްތަކެއް އެޅިފައިވާކަމުގައި ވިދާޅުވިއެވެ. އަދި، މިހާރު ހުއްޓިފައި އޮތް މަޝްރޫޢު އަވަހަށް ފަށައި އަވަހަށް ނިންމުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރައްވައި، ރައްޔިތުން އެދޭގޮތަށް އެމަސައްކަތް ނިންމަވައިދެއްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެހެންމެ ދެން އެރަށުގެ ރައްޔިތުންނަށް އެންމެ ދަތިވެފައިވާ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢަކީވެސް ނިމިދިޔަ ސަރުކާރުގައި ސޮއިކުރެވި އެއްވެސް ޢަމަލީ މަސައްކަތެއް ނުފަށައި އޮތް މަޝްރޫޢެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ މަޝްރޫޢުވެސް ރައްޔިތުން އެދިލައްވާގޮތަށް، ރައްޔިތުންނަށް އެންމެ މުހިންމު މިފަދަ މަޝްރޫޢުތަކަށް ސަމާލުކަންދީގެން ކުރިއަށް ގެންގޮސްދެއްވާނެ ކަމުގައެވެ.
މީގެ އިތުރުންވެސް ކައުންސިލްތަކަށް ކަނޑައަޅާފައިވާ އިޙްތިޞާސްގެ ދަށުން ރަށްރަށް ހޯދައި، މާލީ ބާރުވެރިކަން ހޯދުމަށް ސަރުކާރުން ހުޅުވާލާފައިވާ ފުރުޞަތުގެ ދަށުން ބުރުންޏަށްވެސް ވަރަށް ބޮޑު އިޤްތިޞާދީ ފުރުޞަތުތައް ހޯދުމުގެ މަގުފަހިވެފައިވާ ކަމަށާއި، އެކަންކަމުގައި ސަރުކާރުގެ އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ ހާލަތު މިހާރު އޮތްގޮތުން ރަށުގެ ތަރައްޤީއަށް ބޭނުންވާ މަޝްރޫޢުތައް އެންމެ އިސްކަންދޭ ތަރުތީބުން އަލުން ތަރުތީބުކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުންވެސް ކުޑަކުދިންގެ ޕާކްތަކާއި ކަސްރަތުކުރާ ތަންތަން ހެދުމަށް ސަރުކާރުން އިޢުލާންކޮށްފައިވާ ސިޔާސަތުގެ ދަށުން ބުރުނީގައިވެސް އެމަޝްރޫޢުތައް ކުރިއަށް ގެންގޮސްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ރައީސުލްޖުމްހޫރިއްޔާ، "ރައްޔިތުންގެ އަޑު" ސިލްސިލާގެ ބައްދަލުވުންތައް ފައްޓަވައިފި

ޤައުމީ އިނާމު ދިނުމުގެ ރަސްމިއްޔާތު ހޮނިހިރު ދުވަހު އުތީމުގައި: މި އަހަރުގެ ޤައުމީ އިނާމު 10 ބޭފުޅަކަށާއި ދެ މުއައްސަސާއަކަށް!

ސަރުކާރުގެ ޚަރަދުގައި ބިނާކުރާ ޢަރަބިއްޔާ ސްކޫލުގެ އާ ޢިމާރާތުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް ބައްލަވާލައްވައިފި




