
ދުވާފަރަށް އަންހެނުންގެ ޚާއްސަ ޑޮކްޓަރަކާއި ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރެއް ހޯދައިދެއްވުމަށް އިސްކަން ދެއްވާނަން - ރައީސް
# ރ ދުވާފަރު# ރައީސް މުއިއްޒުރައީސް މުއިއްޒު ދުވާފަރު ކައުންސިލާއި ބައްދަލުކުރެއްވުން
ދުވާފަރުގައި އަންހެނުންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއްގެ އިތުރުން ކުޑަކުދިންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއްގެ ޚިދުމަތް އިސްކަންދޭ ކަމެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދުވާފަރު ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ)އާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ރ. ދުވާފަރު ކައުންސިލުގެ އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ބޭނުންވާކަމަށާއި ހުއްޓިފައިވާ މަޝްރޫޢުތައް ފެށޭނެގޮތްވުން ބޭނުންވާކަމަށާއި ދުވާފަރުގެ ގެތަކުގެ ރެޖިސްޓްރީއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއި ބަނދަރު ބޮޑުކުރުމާއި ފެންވަރު ރަނގަޅު ޞިއްހީ ޚިދުމަތްތައް ގާއިމުކުރުމާއި ރަށްގިރުމުގެ މައްސަލައަށް ހައްލުހޯދަން އެދުން ހިމެނެއެވެ.
މީގެ އިތުރުން ވޮލީ އަދި ހޭންޑްބޯލް ކުޅުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމާއި ރަށުގެ އިޖުތިމާޢީ ތަރައްޤީއަށް މުހިންމުކަންތައްތައް ކައުންސިލުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ކަންކަން ކުރައްވާނީ ކައުންސިލާ ރައްޔިތުން ބޭނުންވާ ގޮތަށްކަން ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ ކުރީގެ ސަރުކާރުން ބިލްތަކަށް ފައިސާ ނުދެއްކުމުގެ ސަބަބުން ހުއްޓިފައި ހުރި ގިނަ މަޝްރޫޢުތައް އަލުން ފެށޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ރައީސުލްޖުމްހޫރިއްޔާ، "ރައްޔިތުންގެ އަޑު" ސިލްސިލާގެ ބައްދަލުވުންތައް ފައްޓަވައިފި

ޤައުމީ އިނާމު ދިނުމުގެ ރަސްމިއްޔާތު ހޮނިހިރު ދުވަހު އުތީމުގައި: މި އަހަރުގެ ޤައުމީ އިނާމު 10 ބޭފުޅަކަށާއި ދެ މުއައްސަސާއަކަށް!

ސަރުކާރުގެ ޚަރަދުގައި ބިނާކުރާ ޢަރަބިއްޔާ ސްކޫލުގެ އާ ޢިމާރާތުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް ބައްލަވާލައްވައިފި




