
ނަރުހުންނަށް އަމާޒުކޮށްގެން އެމްއެންޑީއެފުން ލީޑަރޝިޕް އެންހޭންސްމެންޓް ޕްރޮގްރާމެއް ހިންގައިފި
# ނަރުހުންގެ ދުވަސް# އެމްއެންޑީއެފްއެމްއެންޑީއެފުން ކުރިޔަށް ގެންދިޔަ ޕްރޮގްރާމް
ނަރުހުންނަށް އަމާޒުކޮށްގެން އެމްއެންޑީއެފުން ލީޑަރޝިޕް އެންހޭންސްމެންޓް ޕްރޮގްރާމެއް ހިންގައިފި އެވެ.

އެމްއެންޑީއެފުން ބުނީ ބައިނަލްއަގުވާމީ ނަރުހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ނަރުހުންނަށް އަމާޒުކޮށްގެން އެމްއެންޑީއެފުން ލީޑަރޝިޕް އެންހޭންސްމެންޓް ޕްރޮގްރާމެއް ހިންގާފައިވާ ކަމަށެވެ.
މޭ 11 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގެ އިވެންޓްތައް ބާއްވާފައިވަނީ ކ.ގިރިފުށީގައެވެ. މި ޕްރޮގްރާމަކީ އެމްއެންޑީއެފް މެޑިކަލް ކޯރއިން އިސްނަގައިގެން، އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް ސެކިއުރިޓީ ސްޓަޑީޒްއާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
ޓީމް ބިލްޑިންގްއާއި ލީޑަރޝިޕާ ގުޅުންހުރި ހަރަކާތްތައް ހިމަނައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، މާލެ ސިޓީގެ ހޮސްޕިޓަލްތަކުންނާއި، އެމްއެންޔޫގެ ސްކޫލު އޮފް ނާސިންއާއި، ވިލާ ކޮލެޖް އަދި އެންޖީއޯތަކުން 34 ނަރުހުން ބައިވެރިވިއެވެ.
މި ޕްރޮގްރާމް ކުރިއަަށް ގެންގޮސްފައިވަނީ އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ މުދައްރިބުންނާއި އެމްއެންޑީއެފް މެޑިކަލް ކޯރގެ ސިފައިންނެވެ. މި އަހަރުގެ ނަރުހުން ދުވަހުގެ ޝިއާރަކީ، "އަހަރުމެންގެ ނަރުހުން، އަހަރުމެންގެ ކުރިމަގު-ފަރުވާގެ އިގްތިސާދީ ބާރު" މިއެވެ.
ގުޅުންހުރި

ގެއްލުނު މީހުން ހޯދުމުގެ އޮޕަރޭޝަން ވަރުގަދަކޮށް ކަނޑާއި ވައިގެ މަގުން 7،000 އަށްވުރެ ބޮޑު ސަރަޙައްދެއް ބަލައިފި

ސަޕްލައި ދޯނި ބަންޑުން ޖަހާލައި އަޑިއަށްދިޔަ ސަރަހައްދުގެ ފުންމިނުގައި ގާތްގަޑަކަށް 1645 މީޓަރު ހުންނާނެ ކަމަށް ބެލެވޭ - ސިފައިން

ކުޅުދުއްފުށީ ވިލާ ކޮލެޖް ކެމްޕަހުގެ ދަރިވަރުންނަށް ފަޔާ އެވެއާނަސް ސެޝަނެއް ކުރިއަށް ގެންގޮސްފި




