
ޒަކާތާއި ބެހޭ ދަރުސްތަކެއް މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި!
# ޒަކާތް# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާޒަކާތް ބަލައިގަތުން
ޒަކާތާއި ބެހޭ ދަރުަސްތަކެއް މިއަދު ރާްއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް ގެންއިޔުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ނިންމައިފި އެވެ.

އެވުޒާރާއިން ބުނީ ޒަކާތުގެ މަޢުލޫޢުއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު ދަރުސް ބާއްވަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މާލޭ ސިޓީ ހިމެނޭ ގޮތަށް މަޣުރިބު ނަމާދަށްފަހު މުދަލު ޒަކާތުގެ އުސޫލުތަކާއި މުހިއްމުކަމާ ބެހޭ ގޮތުން އިތުރު ދީނީ ދަރުސްތައް ބާއްވަން ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މާލޭގެ މިސްކިތްތަކުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް މުދަލު ޒަކާތާއި ގުޅޭ ދަރުސް މިއަދު މަޣުރިބު ނަމާދަށްފަހު އޮންނާނެ ކަމަށް އެވުޒާރާއިން ބުނެއެވެ.
އިސްލާމީކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނީ މި ދަރުސްތަކުގެ މަޤްޞަދަކީ، މުޖުތަމަޢުގެ ތެރޭގައި އިޖްތިމާޢީ ރައްކާތެރިކަމާއި ހަމަހަމަކަން ކުރިއެރުވުމުގައި އިސްލާމީ އުސޫލްތަކަށް ބާރުއަޅައި، މުދަލު ޒަކާތުގެ މުހިންމުކަމަށް ހޭލުންތެރި ކުރުވުން ކަމަށެވެ.
އަދި މިއަދު ބާއްވާ ދަރުސްތަކުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިލްތިމާސްކުރެއެވެ. މި ދަރުސްތަކުގައި ބައިވެރިވުމަށް ބާރުއަޅަނީ މީގެ ސަބަބުން ޒަކާތާއި ގުޅޭ ޢިލްމު އިތުރުކޮށް، ޒަކާތުގެ ވާޖިބު އަދާކުރުމަށް ބާރުއެޅުމަށް ކަމަށް އެވުޒާރާއިން ބުނެއެވެ.
މިއަދުގެ ހުކުރު ހުތުބާވެސް ޚާއްސަކުރެވިފައިވަނީ ޒަކާތުގެ މައުޟޫއަށެވެ.
ގުޅުންހުރި

ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން މާދަމާރޭ ފަށަނީ

ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ ސެމީ ފައިނަލަށް 379 ބައިވެރިން ހޮވައިފި

ޒަކާތު ފަންޑުން އިންވެސްޓްކުރަނީ ޝަރުޢީ އަސާސްގައި އޮންނަ ގޮތަށް: ޒަކާތުް ހައުސް




