
ރައީސް ޑރ. މުހައްމަދު މުއިއްޒު ---
ރައްޔިތުން ސަރުކާރާއެކު ތިބިހާ ހިނދެއްގައި ސިޔާސީ ބަދަލުހިފުމުގެ ރޫހު ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެންސީ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ, ރައްޔިތުން ސަރުކާރާއެކު އިޚުލާސްތެރިކަންމަތީ ތިބިހާ ހިނދަކު މި ގައުމުން ސިޔާސީ ބަދުލުހިފުމުގެ ރޫހެއް ނުފެންނާނެ ކަމަށެވެ.
ނަމަވެސް މި ގައުމުގައި އަދުލު އިންސާފު ގާއިމް ކުރެވޭނެ ކަމަށާއި، ކޮރަޕްޝަނާއި ވައްކަމަށް ފުރުސަތެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެފަދަ މީހުންނަށް އަދަބު ދިނުމަކީ ބަދަލުހިފުމުގެ ރޫހުގައި ކުރާކަންކަން ނޫން ކަމަށްވެސް ރައީސް ފާހަގަކުރެއްވި އެވެ.
ޕީއެންސީގެ ޖަގަހަ ހުޅުވިގެން ދިޔައީ މީގެކުރިން އެމްޑީޕީއާއި ޑިމޮކްރެޓްސްގެ މައި ސިޔާސީ ހަރުގޭގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ހިންގި ހ. ވެޔޮވިލާ ގޭގައެވެ.
އިދިކޮޅު ފަރާތްތަކުން އެކި ގޮތްގޮތުން ދޮގު ހަދަމުންދާއިރު, ޕީއެންސީ ޖަގަހައިގައި އެކިއެކި ގޮތްގޮތުން ރައްޔިތުންނަށް ތެދު ހަގީގަތް ހަމާކޮށްދިނުމަށްވެސް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ރައީސުލްޖުމްހޫރިއްޔާ، "ރައްޔިތުންގެ އަޑު" ސިލްސިލާގެ ބައްދަލުވުންތައް ފައްޓަވައިފި

ޤައުމީ އިނާމު ދިނުމުގެ ރަސްމިއްޔާތު ހޮނިހިރު ދުވަހު އުތީމުގައި: މި އަހަރުގެ ޤައުމީ އިނާމު 10 ބޭފުޅަކަށާއި ދެ މުއައްސަސާއަކަށް!

ސަރުކާރުގެ ޚަރަދުގައި ބިނާކުރާ ޢަރަބިއްޔާ ސްކޫލުގެ އާ ޢިމާރާތުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް ބައްލަވާލައްވައިފި




