
-
ރާއްޖޭގައި ކުރިއަށް ގެންދާ ގުރުއާން އުނގަންނައިދޭ ކޯސްތައް އޮންލައިންކޮށް ކިޔަވައިދިނުމުގެ ހުއްދަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ދީފިއެވެ.

އެ އޮތޯރިޓީން މި ހުއްދަ ދީފައިވަނީ އިސްލާމިކް މިނިސްޓްރީގެ ލަފާގެ މަތިންނެވެ.
އެމްކިއުއޭގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު ވިދާޅުވީ, ގުރުއާނާ ގުޅުން ހުރި ކޯސްތަކަކީ ކުރިން ރާއްޖޭގައި އޮންލައިންކޮށް ނުހިންގޭ ދާއިރާތަކުގައި ތެރޭގައި ހިމެނޭ ކޯސްތަކެއް ކަމަށެވެ.
އޮންލައިންކޮށް ނުހިންގޭނެ ދާއިރާތައް ކަނޑައަޅާފައިވާއިރު އެމްކިއުއޭއިން އަންނަނީ ކަމާބެހޭފަރާތްތަކާ ވާހަކަދައްކައިގެން އެފަދަ ކޯސްތައް އޮންލައިންކޮށް ހިންގުމުގެ ހުއްދަ ދިނުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ކުރި މަސައްކަތުން ގުރުއާން ކޯސްތައް އޮންލައިންކޮށް ހިންގުމަށް މިހާރު ވަނީ ހުއްދަ ދީފައެވެ.
ފިޒާނާ ވިދާޅުވީ ގުރުއާނާބެހޭ އެކި ކޯސްތައް އޮންލައިންކޮށް ކިޔަވައި ދިނުމުގެ ހުއްދަ ދިނުމާ ގުޅިގެން މައާނިލް ގުރުއާނާއި ޢުލޫމުލް ގުރުއާން ފަދަ މާއްދާތައް އޮންލައިންކޮށް ދެން ކިޔަވައި ދެވޭނެ ކަމަށެވެ. އަދި ވަކި އުޞޫލެއްގެ ދަށުން އެހެން މާއްދާތައް ވެސް އެގޮތަށް ކިޔަވައިި ދެވިދާ ނެކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައިި ޠިލާވާ އަދި ހިފުޒު ފަދަ މާއްދާތައް ހިމެނެ އެވެ.
ގުޅުންހުރި

ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން 2026 ފަށައިފި

ވަޤުފާއި ޞަދަޤާތުގެ ލިންކުތަކުން މިއަހަރު މިހާތަނަށް 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ

ލޯކަލް ޓޫރިޒަމްގެ ސަބަބުން މުޖުތަމަޢަށް ކުރާ އަސަރު ދެނެގަތުމަށް ދިރާސާއެއް ހަދަނީ




