
--
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު އަވަހާރަކޮށްލުމަށް މިއަދު ދިން ބަޑީގެ ހަމަލާދިނީ 20 އަހަރުގެ ޒުވާނެއް ކަމަށް އެމެރިކާގެ ސަލާމަތީ ބާރުތަކުން ބުނެފި އެވެ.

އެމެރިކާގެ އެންމެ މަތީ ތަހުގީގު އިދާރާ އެފްބީއައި އިން ނެރުނު ބަޔާނެއްގައި ބުނީ ޕެންސިލްވޭނިއާގެ ބަޓްލަރުގައި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން ހަމަލާދިނީ ޕެންސިލްވޭނިއާގެ ބެތެލް ޕާކްގެ ތޯމަސް މެތިއު ކްރޫކްސް، 20، ކަމަށެވެ.
އެފްބީއައި އިން ބުނީ އޭނާ ޓްރަމްޕުއަށް ހަމަލާދީފައިވަނީ އުސް އިމާރާތެއްގައި ހުރެކަމަށާއި އެފްބީއައިއޭގެ ސިފައިން ހާދިސާ ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އޭނާގެ ގަޔަށް ބަޑިޖަހައި މަރާލާފައިވާ ކަމަށެވެ.
ގާނޫނު ތަންފީޒުކުރާ ފަރާތްތަކާ ހަވާލާދީ ސީއެންއެން އިން ބުނީ ހަމަލާދިން މީހާ ހުރީ އެއްވުން ބާއްވާ ތަނުގެ ބޭރުގައި ހުރި އިމާރާތެއްގެ ފުރާޅުމަތީގައި ކަމަށެވެ.
އުމުރުން 20 އަހަރުގެ ތޯމަސް މެތިއު ކްރޫކްސްގެ ސިޔާސީ ގުޅުމާ ބެހޭ ގޮތުން މިހާތަނަށް އާންމުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު އޭނާއަކީ ޓްރަމްޕު ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަންސްގެ އާންމު މެމްބަރެކެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޓްރަމްޕް އަވާހަރަކޮށްލުމަށް ހަމަލާދީފައިވަނީ ރާއްޖެ ގަޑިން މިއަދު ފަތިހު އެމެރިކާގެ ޕެންސިލްވޭނިއާގެ ބަޓްލަރގައި ބޭއްވި އެއްވުމެއްގައި ޓްރަމްޕް ވާހަކަފުޅު ދައްކަވަމުން ދަނިކޮށެވެ. އެގޮތުން މި ހަމަލާގައި ވަޒަން އަރާފައިވަނީ ޓްރަމްޕުުގެ ކަންފަތަށެވެ.
އެގޮތުން ލައިވްކޮށް ދައްކަމުން ދިޔަ އިވެންޓުގެ ވީޑީއޯތަކުން ފެންނަ ގޮތުގައި ޓްރަމްޕުގެ ކަންފަތުން ކޮންމެވެސް ވަރަކަށް ލޭ އައި މަންޒަރު ވަނީ ފެނިގެން ގޮސްފައި އެވެ.
ގުޅުންހުރި

އެމެރިކާގެ އެޓާނީ ޖެނެރަލްކަމަށް ޓްރަމްޕްގެ ކުރީގެ ވަކީލު ޓޮޑް ބްލާންޗް!

ޤަޠަރުން ޓްރަމްޕަށް ހަދިޔާކުރި ބޮއިންގ 747-8 ޖެޓު "އެއާ ފޯސް ވަން" އަށް!

އެމެރިކާގެ ބީ-52 މަރުކާގެ އަސްކަރީ ބޯޓެއް ވެއްޓި، އޭގެއިން ދަތުރުކުރި 8 މީހުން މަރުވެއްޖެ




