
އަބްދުއްރަހީމް އަށް މާމިގިލިން ރަތްދޫލައިގެ މަރުހަބާ އެއް!
# ޖުމްހޫރީ ޕާޓީ# ގާސިމް އިބްރާހިމް# އދ.މާމިގިލި# އަބްދުއްރަހީމް އަބްދުالله# ރައްޔިތުންގެ މަޖިލިސް-
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އދ މާމިގިލިން ރަތް ދޫލައިގެ މަރުހަބާއެއް ދަންނަވައިފި އެވެ.

އަބްދުއްރަހީމްގެ މި ދަތުރުފުޅަކީ, ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ދައުވަތަށް ކުރައްވާ ދަތުރުފުޅެކެވެ.
މާމިގިލި އެއާޕޯޓުން އަބްދުއްރަހީމް އަށް މަރުހަބާ ދެންނެވީ ގާސިމް އިބްރާހިމް އެވެ. އަދި މި ހަރަކާތުގައި އެއާޕޯޓުގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން ޖުމްހޫރީ ޕާޓީގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
މި ދަތުރުފުޅުގައި މަޝްވަރާކުރައްވާ ކަންކަން ފަހުން ހާމަކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީން ވަނީ ބުނެފައެވެ.
ގުޅުންހުރި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ދިގު ދަންމާލަން ފާސްކޮށްފި

ކައުންސިލްތަކާ މަޝްވަރާނުކޮށް ބިން ސަރުކާރަށް ނުނެގޭ ގޮތް ހަދަން ހުށަހަޅުއްވައިފި

އަހަރީ ފީގެ ފައިސާ މާލެ ސިޓީ ކައުންސިލުގެ ބަޖެޓުން އުނިކުރަން ވަޒީރު އެދިވަޑައިގެންފި
.jpg&w=3840&q=75)



