
އިސްރަށްވެހިންނަށް ޚާއްސަކޮށް ޅެންވެރިކަމުގެ ކްލާހެއް ބާއްވައިފި
# އިސްރަށްވެހިން# އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާ--
އިސްރަށްވެހިންގެ ނާދީގައި އިސްރަށްވެހިންނަށް ޚާއްސަ ޅެންވެރިކަމުގެ ކްލާހެއް ބާއްވައިފިއެވެ.

ދެ ދުވަހަކަށް ބަހާލެވިގެން ޢާއިޝަތު ހުސެއިން މަނިކަ ނަންގަވައިދެއްވާ ފުރަތަމަ ކްލާހުގައި އަދަބިއްތާތުގެ ތެރެއިން ޅެންވެރިކަމާއި، ތާރީޚުގެ ތެރެއިން ޅެންވެރިކަމަށް އަލިއަޅުވާލައްވާ، މޮޅު ޅެމެއްވައި ހުންނާނެ ސިފަތައް ކިޔާދެވުނެވެ.
މި ކޯހުގައި ވަނީ ޅެން ހަދަން ދަސްކޮށްދިނުމުގެ އިތުރަށް ދިވެހިރާއްޖޭގައި ޅެންވެރިކަން އުފެދުނު ގޮތާއި ޅެންވެރިކަން ދިރުވަން މަސައްކަތްކުރުމާއި ދިވެހި ބަހުގެ މުހިންމުކަމަށް އަލި އަޅުވާލާފައެވެ.
މީގެ އިތުރުން، ލަވައާއި މަދަހައިގެ ތަފާތުތަކަށް ބަލާލައި، ރައިވަރާއި ބަންޖާ ގުޅޭ މަޢުލޫމާތުވެސް ބައިވެރިންނާއި ހިއްސާކުރެވުނެއެވެ.
ގުޅުންހުރި

ތުލުސްދޫގައި ގާއިމުކުރާ "އިސްރަށްވެހިންގެ ހިޔާވަހި" އިމާރާތްކުރާ ތަނުގެ ބިން ރަސްމީކޮށް އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްފި

ތުލުސްދޫ "އިސްރަށްވެހިންގެ ހިޔާވަހި" ގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފި

ނުކުޅެދުންތެރިކަން ހުންނަ 4 ފަރާތަކަށް އާރްޑީސީއިން ވަޒީފާގެ ފުރުސަތު ފަހިކޮށްދީފި




