
ރާއްޖޭގައި ހިންގަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ސިންގަޕޫރޫގެ ފަންނީ އެހީއަށް އެދިއްޖެ
# ރައީސް މުއިއްޒު# ރާއްޖެ - ސިންގަޕޫރު--
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒު، ސިންގަޕޫރުގެ މިނިސްޓަރ ފޮރ ފޮރިން އެފެއާޒް އަދި އދ.ގެ 79 ވަނަ ޢާންމު މަޖިލީހުގައި ބައިވެރިވާ ސިންގަޕޫރުގެ ވަފުދުގެ ހެޑް އޮފް ޑެލިގޭޝަން ޑރ ވިވިއަން ބަލަކްރިޝްނަންއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ރައީސް މުއިއްޒު މިހާރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އދ ގެ އާންމު މަޖިލީހުގެ ހަވާސާގައި އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި، އިތުރު އިންވެސްޓްމަންޓްތައް ހޯއްދެވުމާއި، ޑިޖިޓަލް ޚިދުމަތްތައް އިތުރުކުރެއްވުމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ޙައްލު ހޯއްދަވައިދެއްވުމަށް އަމާޒުހިފާފައިވާ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ޢާންމު ބޯހިޔާވަހިކަމުގައި ފަންނީ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވައި، ރަސް މާލެއަކީ ޑިޖިޓަލް، ތިމާވެއްޓާ ރައްޓެހި ސިޓީއަކަށް ހެދުމަށް ރާއްވަވާފައިވާ މަސައްކަތްތައް ޙިއްޞާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ޕޭޕަލް ފަދަ ޕްލެޓްފޯމްތަކަށް ފުރިހަމަ އަށް ވަނުމުގެ މުހިންމުކަމުގެ ސަބަބުން ޒުވާން ވިޔަފާރިވެރިންނަށް ދުނިޔޭގެ ބާޒާރުތަކަށް ވާސިލުވެ، އެ ފަރާތްތަކުގެ އުފެއްދުންތައް ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ދެގައުމުގެ ދެމެދުގައި ތަރައްޤީއާއި އިޤްތިޞާދީ އެއްބާރުލުމުގެ އިތުރުން، ބައިނަލްއަޤްވާމީ މަސްލަހަތުތައް ޙިއްޞާކުރުމާ ބެހޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާއާއި މިނިސްޓަރ ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި، ދެޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ސްޓްރެޓެޖިކް އެއްބާރުލުން އިތުރުކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ރައީސުލްޖުމްހޫރިއްޔާ، "ރައްޔިތުންގެ އަޑު" ސިލްސިލާގެ ބައްދަލުވުންތައް ފައްޓަވައިފި

ޤައުމީ އިނާމު ދިނުމުގެ ރަސްމިއްޔާތު ހޮނިހިރު ދުވަހު އުތީމުގައި: މި އަހަރުގެ ޤައުމީ އިނާމު 10 ބޭފުޅަކަށާއި ދެ މުއައްސަސާއަކަށް!

ސަރުކާރުގެ ޚަރަދުގައި ބިނާކުރާ ޢަރަބިއްޔާ ސްކޫލުގެ އާ ޢިމާރާތުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް ބައްލަވާލައްވައިފި




