
އެފްއެސްއެމްގެ އެމްޑީއަކަށް އާޝާން: އެސްޓީއޯ ގްރޫޕުގެ ކުންފުންޏަކާއި ހަވާލުވި ފުރަތަމަ އަންހެން އެމްޑީ!
# އެފްއެސްއެމް# އެސްޓީއޯ--
ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯ ގްރޫޕްގެ ދަށުން ހިންގަމުން އަންނަ ފިއުލް ސަޕްލައި މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ފާތިމަތު އާޝާން އައްޔަނުކުރައްވައިފި އެވެ.

މިއީ އެސްޓީއޯ ގްރޫޕްގެ ތާރީހުގައި ވެސް އެ ގްރޫޕްގެ ދަށުން ހިންގާ ކުންފުންޏެއްގެ އިސްވެރިއަކަށް އަންހެން ކަނބަލަކު އައްޔަން ކުރެއްވި ފުރަތަމަ ފަހަރެވެ.
އާޝާން އެފްއެސްއެމްގެ އެމްޑީކަމުގެ މަގާމާއި ހަވާލުވެވަޑައިގަންނަވާފައިވާއިރު މަގާމާއި ހަވާލުވެވަޑައިގެންނެވި ލިޔުމުގައި ސޮއި ކުރެއްވުމަށް މިއަދު ހާއްސަ ރަސްމިއްޔާތެއް އެސްޓީއޯގައި ވަނީ ބާއްވާފައި އެވެ. އެ ރަސްމިއްޔާތުގައި އެސްޓީއޯގެ އެމްޑީ ޝިމާދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އާޝާން މީގެ ކުރިން ވަނީ އެސްޓިއޯގެ ސީނިއާ ޖެނެރަލް ޖެނެރަލް މަޤާމު ފުރުއްވާފައި އެވެ. އަދި އޭގެ ފަހުން މިފްކޯގެ ޑެޕިއުޓީ ސީއީއޯގެ މަޤާމުވެސް ފުރުއްވާފައި އެވެ.
އެފްއެސްއެމްއަށް އައު އެމްޑީއަކު އައްޔަނުކުރީ އެގަމާމުގައި ހުންނެވި އިސްމާއިލް ސުހެއިލް މިދިޔަ މަހުގެ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
ގުޅުންހުރި

ބޭރުން ތެޔޮ އެތެރެކުރަން ޖެހޭ ވަރަށް ބޮޑުވެއްޖެ، އެކަމަކު ރައްޔިތުންގެ ޖީބަށް އޭގެ އަސަރެއް ނުފޯރުވަން - އެސްޓީއޯ

މީދޫ އެފްއެސްއެމް ޝެޑަށް ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް

އެފްއެސްއެމުން ވިލިމާލޭގައި ތަރައްގީކުރާ ފިއުލް ޝެޑުން ފެން ވިއްކުމުގެ ހުއްދަ ދިނުމަށް ނިންމައިފި




