
--
ހޯނޑެއްދޫގައި އޭޓީއެމްގެ ހިދުމަތް ފެށުމަށްޓަކައި ބީއެމްއެލްއާއި އެކު ސޮއިކޮށްފި އެވެ.

މިކަމާއި ގުޅޭ ޚާއްސަ އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިހާރު ރައީސް ޑރ މުހައްމަދު މުއިއްޒު އެރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެވެ.
އެގޮތުން އެޖަލްސާގައި ބީއެމްއެލްއާއި އެރަށު ކައުންސިލާއި ދެމެދު ސޮއިކޮށްފައިވަނީ ކައުންސިލް މެދުވެރިކޮަށް އެރަށުގައި ބީއެމްއެލްގެ އޭޓީއެމްއެއް ބެހެއްޓުމުގެ އެއްބަސްވުމުގައި އެވެ.
މި އެއްބަސްވުމުގައި ހޯނޑެއްދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ހުސެއިން ވާރީޝް އެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ބީއެމްއެލްގެ ޗީފް ބިޒްނަސް އޮފިސަރު މޫސާ ނިމާލް އެވެ. މި އެއްބަސްވުމުގެ ދަށުން ބީއެމްއެލްގެ އޭޓީއެއް ރަށުގައި ގާއިމް ކުރުމުގެ މަސައްކަތް ކުރާނީ ކައުންސިލްގެ ފަރާތުންނެވެ.
ހޯނޑެއްދޫގައި ގިނަ އަދަދެއްގެ ވިޔަފާރީތައް ހިންގައި އަދި ރަނގަޅު އާމްދަނީއެއްވެސް ލިބެމުންދާ ރަށަކަށް ވުމާއި އެކު އެރަށުގެ ރައްޔިތުން އޭޓީއެމްއެއްގެ ހިދުމަތް ބޭނުންވެފައިވާތީ މިހާރު އަހަރުތަކެއް ވެއްޖެ އެވެ.
ގުޅުންހުރި

ބީއެމްއެލްގެ ކޮމިއުނިޓީ އިމްޕެކްޓް ގްރާންޓުގެ ދަށުން މުވައްޒަފުން އިސްނަގައިގެން ހިންގި 7 ޕްރޮޖެކްޓެއް ނިންމާލައިފި

ޑޮލަރު ލިބޭ މިންވަރަކުން ކާޑުތަކުގެ ލިމިޓަށް ލުއިތަކެއް ދޭނެކަމުގެ ޔަގީންކަން ބީއެމްއެލްއިން ދީފި

އޭޝިއަން ބޭންކަރސް އެސޯސިއޭޝަންގެ ޗެއާމަންގެ މަޤާމަށް ބީއެމްއެލްގެ ސީއީއޯ




