
ޔަމަނުގެ ބާރުގަދަ ޖަމާއަތެއް ކަމަށްވާ ހޫތީން، އެމެރިކާއާއި އިސްރާއީލާއި ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށްފި އެވެ.

މިކަން ރަސްމީކޮށް އިއުލާނުކުރީ ހޫތީންގެ ތަރުޖަމާނު ޔަހްޔާ ސަރީ މިރޭ ދިން ވީޑިއޯ ތަގުރީރެއްގައި އެވެ.
އެގޮތުން ޔަހްޔާ ވަނީ ހޫތީން ރަސްމީކޮށް ހަނގުރާމައިގެ ތެރެއަށް ވަދެފައިވާ ކަމަށް ބުނެ އިރާނަށް ހަމަލާ ދިން މީހުންނަށް އިންޒާރު ދީ، ޔަމަނުގެ ކަނޑުގެ ސަރަހައްދުން ދުރުވުމަށް އިލްތިމާސްކޮށްފަ އެވެ.
"އީރާނުގައި ހިނގަމުންދާ ހަނގުރާމައަކީ މުޅި އުއްމަތުގެ ހަނގުރާމައެއް" ކަމަށް ވެސް ޔަހްޔާ ވަނީ ވިދާޅުވެފައި އެވެ.
އަދި ރަތް ކަނޑުގައި ތިބި އިސްރާއީލާއި އެމެރިކާގެ އުޅަނދުތަކަށާއި ހަނގުރާމަމަތީ އުޅަނދުތަކަށް ހޫތީ ސިފައިން ހަމަލާތައް ދާދި އަވަހަށް އަމާޒުވާނެ ކަމަށްވެސް ޔަހްޔާ ވިދާޅުވިއެވެ.
އެމެރިކާއިން މިއަދު ހެނދުނު ހަމަލާދީފައިވަނީ އިރާނުގެ އެންމެ މުހިންމު ނިއުކްލިއާ ޕްލާންޓުތައް ކަމަށްވާ ފޯޑޯ، ނަތާންޒް އަދި އިޝްފާހްގެ ނިއުލްލިއާ ފެސިލިޓީތަކަށެވެ.
މި ހަމަލާއާއި ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ބުނީ އެމެރިކާއިން ހަމަލާދީފައިވަނީ އިރާނުގެ ތިން ނިއުކްލިއާ ފެސިލިޓީއަކަށް ކަމަށެވެ. އަދި އެ ހަމަލާ ކާމިޔާބުކަމަށްވެސް ވަނީ ބުނެފައި އެވެ. އަދި މި ހަމަލާއާއިއެކު އިރާނުގެ ނިއުކްލިއާ ޕްރޮގްރާމް އެއްކޮށްހެން ނައްތާލާފައިވާކަމަށް ޓްރަމްޕު ވަނީ ބުނެފައި އެވެ.
ގުޅުންހުރި

އަލް މުޚާ ބަނދަރަށް ދިން ހަމަލާގެ ޒިންމާ ހޫތީން ނަގައިފި: "ސައުދީ ސިފައިން ހިމެނޭހެން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަހަމްވި"

ޔަމަނުގެ ރަސްމީ ސަރުކާރުގެ ބެލުމުގެ ދަށުގައި އޮންނަ މުހިންމު ބަނދަރަކަށް ބޮޑެތި ހަމަލާތަކެއް: ތުހުމަތު ހޫތީންނަށް!

ހޫތީންގެ ހަމަލާއެއް އިސްރާއީލަށް، ބޮޑެތި ގެއްލުންތަކެއްވެ ޔަހޫދީންތަކެއް ޒަހަމްވިކަމުގެ ރިޕޯޓު!




