
-
ހުޅުމާލެ ހޮސްޕިޓަލްގައި މެޑިކަލް އިންޓާންޝިޕް ފަށައިފިއެވެ.

ޑޮކްޓަރުކަން ކިޔަވާ ދަރިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނުވަތަ މެޑިކަލް އިންޓާންޝިޕް އެހޮސްޕިޓަލުގައި ފެށުމުގެ ގޮތުން މިއަދު ވަނީ އެ ހޮސްޕިޓަލްގައި އޮރިއެންޓޭޝަން ޕްރޮގްރާމެއް ބާއްވާފައެވެ.
ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންނަށް ޑޮކްޓަރުކަމުގެ ފާސް ލިބެނީ އިންޓާންޝިޕް ޕްރޮގްރާމް ފުރިހަމަ ކުރުމުންނެވެ.
މާލެ ސަރަހައްދުން އައިޖީއެމްއެޗާއި އޭޑީކޭ އަދި ހުޅުމާލޭ ހޮސްޕިޓަލުގައި މެޑިކަލް އިންޓާންޝިޕް ފަށާފައިވާއިރު، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި މި ޕްރޮގްރާމް މިދިޔަ މަހު ވަނީ ފަށާފައެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ފެށި މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމަކީ އަތޮޅު ތެރޭގައި ފެށި މިކަހަލަ ފުރަތަމަ ޕްރޮގްރާމެވެ.
ގުޅުންހުރި

ބަލި މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގެ ޑޮކްޓަރަކު ޖިންސީ ގޯނާކުރި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

ސްކޫލު ޗުއްޓީއާ ދިމާކޮށް ހުޅުމާލެ ހޮސްޕިޓަލުން ހިންގާ ޚިތާނު ކޭމްޕު 78 ކުދިންނާއިއެކު ފަށައިފި




