
-
ރައީސުލްޖުމްހޫރިއްޔާ، މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން އޮތީ ރައީސް މިއަދު އެރަށަށް ވަޑައިގެންނެވުމުން އެރަށުގެ ސްކޫލުގައި އެވެ.
މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުން ވަނީ، ރަށުގެ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކޮށް، ބައެއް ވަޞީލަތްތައް ގާއިމުކުރުމާއި އަވަށު މެދުގައި ފެނަކަ ހުރުމުގެ ސަބަބުން ދިމާވާ ދަތިތަކާއި ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމާއި ފެނަކައިގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ފެނަކައަށް އައު އޮފީސް އިމާރާތެއް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ރަށުގެ ޓޫރިޒަމް ޒޯނަށް ކަރަންޓު ދެވޭނެ ގޮތެއް ވީހާވެސް އަވަހަކަށް ހަދައިދިނުމާއެކު އިކޯ ޓޫރިޒަމަށް ފުރުޞަތު ހޯދައިދިނުމުގެ އިތުރުން ގޮއިދޫ ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމާއި ސްޓާފް ރޫމްގެ މަސައްކަތް ހުއްޓިފައި އޮތުމުގެ އިތުރުން ސްކޫލްގެ ކަރަންޓުގެ ހާލަތުގެ ކަންބޮޑުވުން މި ބައްދަލުކުރެއްވުމުގައި ފާޅުކުރައްވާފައިވެއެވެ. މީގެއިތުރުން ކައުންސިލްގެ ފަރާތުން ވަނީ ސްކޫލް މަލްޓިޕާޕަސް ހޯލާއި ސްޕޯޓްސް ކަނދުފަތީގެ އަޕްޑޭޓެއް ލިބެން ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ރައީސުލްޖުމްހޫރިއްޔާ، "ރައްޔިތުންގެ އަޑު" ސިލްސިލާގެ ބައްދަލުވުންތައް ފައްޓަވައިފި

ޤައުމީ އިނާމު ދިނުމުގެ ރަސްމިއްޔާތު ހޮނިހިރު ދުވަހު އުތީމުގައި: މި އަހަރުގެ ޤައުމީ އިނާމު 10 ބޭފުޅަކަށާއި ދެ މުއައްސަސާއަކަށް!

ސަރުކާރުގެ ޚަރަދުގައި ބިނާކުރާ ޢަރަބިއްޔާ ސްކޫލުގެ އާ ޢިމާރާތުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް ބައްލަވާލައްވައިފި




