
ހުނަރުވެރިކަމުގެ ދާއިރާގެ މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފަށައިފި
# އެޑިއުކޭޝަން މިނިސްޓްރީ-
ސްކިލް-ބޭސްޑް ޕްރޮގްރާމްތައް ކުރިއަށްގެންދާ މުދައްރިސުންގެ ޤާބިލުކަން އިތުރުކުރުމަށް، ނޭޝަނަލް ޓްރޭޑް ޓެސްޓިންގ ސެޓްފިކޭޝަން (އެން.ޓީ.ޓީ.ސީ)ގެ ޚާއްޞަ ޕްރޮގްރާމެއް ފަށައިފިއެވެ.

ތައިބާ އިނިޝިއޭޓިވްގެ ދަށުން، އެސް.ޓީ.ޖީ އެކްޓިވިޓީ 1.4.3 ގައި ހިމެނޭ ގޮތަށް، ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމުކޮށްފައިހުރި އިންކްލޫސިވް ސްކިލްސް ހަބްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަަށްގެންދާ ޕްރޮގްރާމެކެވެ.
މޯލްޑިވްސް ޕޮލިޓެކްނިކް އާއި ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން ގުޅިގެން ކުރިއަށް ގެންދާ އެއް ހަފްތާގެ މުއްދަތަކަށް ކުރިއަށްދާ މި ޕްރޮގްރާމްގައި 35 މުދައްރިސުން ބައިވެރިވެއެވެ.
މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދަނީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ) އިން ދޫކުރާ ނޭޝަނަލް ޓްރޭޑް ޓެސްޓިންގ ސެޓްފިކޭޝަން (އެން.ޓީ.ޓީ.ސީ) އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި ތަމްރީނުގެ ސަބަބުން ވޮކޭޝަނަލް އެޑިޔުކޭޝަން ކިޔަވައިދޭ މުދައްރިސުންގެ ފަންނީ ޤާބިލުކަން އިތުރުވެ، ވަޒީފާގެ މާހައުލަށް ބޭނުންވާ މުހިންމު ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދެވިގެންދާނެ އެވެ.
މި ޕްރޮގްރާމް ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޑރ. އަޙްމަދު މުޙައްމަދު އެވެ.
ގުޅުންހުރި

ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި
(1).jpeg&w=3840&q=75)
އަލް-އަޒްހަރުން ޑިގްރީއަށް ކިޔެވުމަށް ދިވެހި ދަރިވަރުންނަށް 22 ސްކޮލަރޝިޕް!

މިއަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާ ދަރިވަރުންގެ ޗުއްޓީ އަށް




