
މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ގެނައުމުގަ ސަރުކާރުގަ އޮތީ ހެޔޮ ނިޔަތެއް: ޞިއްދީޤު
# ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާ# ޑްރަގް# އެންޑީއޭ# ޑްރަގް ފަރުވާ# ރައީސް މުއިއްޒުފޮޓޯ: ޕީއެސްއެމް
މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ގެނައުމުގައި ސަރުކާރުގަ އޮތީ ހެޔޮ ނިޔަތެއް ކަމަށް ނޭޝަނަލް ޑްރަގް އޭޖެންސީގެ ޗެއަރމަން އަޙުމަދު ޞިއްދީޤު ވިދާޅުވެއްޖެއެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި މީހުން އެ ވަބާއިން ސަލާމަތްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ދާޚިލީ ސަލާމަތުގެ ދާއިރާގައި އިސްކަންދެއްވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އެއް މަސައްކަތެވެ.
ނޭޝަނަލް ޑްރަގް އޭޖެންސީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ޞިއްދީޤު ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީ ބޭނުންކުރާ އަދަދަކީ ވަރަށް ބޮޑު އަދަދެއް ކަމަށެވެ.
ދާޚިލީ ވުޒާރާއާ މަތިކޮށްފައިވާ މައިގަނޑު ހަތަރު ކަންތައްތަކުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ރަނގަޅު ފަރުވާދީ އެ މީހުން އަލުން އަނބުރާ މުޖުތަމަޢަށް ނެރެދިނުމުގަ ސަރުކާރުގަ އޮތީ ހެޔޮ ނިޔަތެއްކަން ފާހަގަކުރައްވާ ޞިއްދީޤު ވިދާޅުވީ ކުރިއަށް އޮތްތަނުގަ ޚިދުމަތް ފޯރުކޮށްދެވިގެންދާނީ ވަށާޖެހޭ ގޮތަށް ކަމަށެވެ.
އަދި މި މަސައްކަތުގެ މަލަމަތި ފެންނަ ކަމަށާއި އެންޑީއޭގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަން ޞިއްދީޤު ފާހަގަކުރެއްވިއެވެ.
ޞިއްދީޤު ވިދާޅުވީ މިއަހަރަކީ ކަންތައްތައް ތަންފީޒުކޮށް ނަތީޖާ ނެރުމަށް އަމާޒު ހިފާފައިވާ އަހަރެއް ކަމަށެވެ.
ޞިއްދީޤު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބޭ މީހުން ރަނގަޅުކޮށް އެ މީހުން އަނބުރާ މުޖުތަމަޢަށް ނެރެވެނީ ދައުލަތުން ވަރަށް ބޮޑު ހޭދައެއްކޮށްގެން ކަމަށާއި މި މަސައްކަތުގައި މުޅި މުޖުތަމަޢުގެ އެއްބާރުލުން ވަރަށް މުހިންމު ކަމަށެވެ.
އަދި މުޖުތަމަޢުން އެފަދަ މީހުން ބަލައިގެންނަން ޖެހޭނެކަން ފާހަގަކުރައްވާ ޞިއްދީޤު ވަނީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެގެން ނުކުންނަ މީހުން ބާކީ ނުކުރުމަށް އިލްމާސްކުރައްވާފައެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ރައީސުލްޖުމްހޫރިއްޔާ، "ރައްޔިތުންގެ އަޑު" ސިލްސިލާގެ ބައްދަލުވުންތައް ފައްޓަވައިފި

ޤައުމީ އިނާމު ދިނުމުގެ ރަސްމިއްޔާތު ހޮނިހިރު ދުވަހު އުތީމުގައި: މި އަހަރުގެ ޤައުމީ އިނާމު 10 ބޭފުޅަކަށާއި ދެ މުއައްސަސާއަކަށް!

ސަރުކާރުގެ ޚަރަދުގައި ބިނާކުރާ ޢަރަބިއްޔާ ސްކޫލުގެ އާ ޢިމާރާތުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް ބައްލަވާލައްވައިފި




