
ޣައްޒާގެ ރައްޔިތުންނާއި ދެކޮޅަށް އަނިޔާވެރިވެ ލާއިންސާނީ އެތައް އަމަލުތަކެއް ހިންގައި މެދުއިރުމަތީގެ ސުލްހަ ނަގާލި އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޣައްޒާ ސުލްހައިގެ ބޯޑަށް ވައްދައިފި އެވެ.

އަލްޖަޒީރާއިން ރިޕޯޓުކުރާގޮތުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ "ބޯޑް އޮފް ޕީސް" ގައި ބައިވެރިވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ދައުވަތު ގަބޫލު ކޮށްފައެވެ. އިސްރާއީލުން ޣައްޒާގައި ކުރަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް ހަމާސްއާ އެކު ހަދާފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ނަތަންޔާހޫ މި މަސައްކަތުގައި ބައިވެރިވާނެ ކަމަށް އިޒްރޭލުގެ ރައީސް އޮފީހުން ވަނީ ސޯޝަލް މީޑިއާގައި އިއުލާންކޮށްފަ އެވެ.
ޣައްޒާ ބޯޑް އޮފް ޕީސްގައި ބައިވެރިވުމަށް ދުނިޔޭގެ ގިނަ ލީޑަރުންނަށް ދައުވަތު ދީފައިވާއިރު އިރު، އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ މި ބޯޑުގެ ބޭނުމަކީ ޣައްޒާގައި ވެރިކަމުގެ ރަނގަޅު ނިޒާމެއް ގާއިމްކޮށް، ޣައްޒާ އަލުން އާރާސްތުކުރުމާއިއެކު މާލީ އެހީއާއި އިންވެސްޓްމެންޓު ޣައްޒާއަށް ހޯދިައިދިނުމަށް މަސައްކަތްކުރުން ކަމަށް ހާމަކޮށްފައެވެ.
ނަމަވެސް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން މިހާރު އަންނަނީ މި ބޯޑުގައި ނަތަންޔާހޫ ބައިވެރިކުރުމުގެ ސަބަބުން އެ ބޯޑުގެ މަގްސަދާއި މެދު ކަންބޮޑުވާކަމަށް ބުނެފައި އެވެ.
ގުޅުންހުރި

ޓްރަމްޕް ހުށަހެޅި 15 ނުކުތާގެ ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރަން ނަތަންޔާހޫ ދެކޮޅުހަދައިފި!

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ޣައްޒާއިން އިތުރު މީހަކު ޝަހީދުކޮށް 8 މީހަކު ޒަޚަމްކޮށްލައިފި

ޤައްސާމް ބްރިގޭޑްސްގެ އައު ކޮމާންޑަރު އޫދާ އަވަހާރަކޮށްލައިފިން - އިޒްރޭލު




