
މިއަހަރު ރާއްޖޭގައި އޭލެވެލް އެޑެކްސެލް މޭ/ޖޫން ސީރީސްގެ އިމްތިހާނުތައް އަލުން ފަށަނީ
# އެޑިއުކޭޝަން މިނިސްޓްރީ-
މިއަހަރުން ފެށިގެން އޭލެވެލް އެޑެކްސެލް މޭ/ޖޫން ސީރީސްގެ އިމްތިހާނުތައް އަލުން ފަށަން ނިންމައި އެކަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

2019 ވަނަ އަހަރަށް ފަހު ދިވެހިރާއްޖޭގައި އޭލެވެލް އެޑެކްސެލްގެ މޭ/ޖޫން އިމްތިޙާނު ދިނުން ވަނީ ހުއްޓާލާފައި އެވެ. މިއާއިއެކު މި އިމްތިހާން ހަދަން ބޭނުންވާ ފަރާތްތަކުން އިމްތިހާން ފުރިހަމަ ކުރުމަށް އަވަށްޓެރި ގައުމުތަކަށް ދާ މިންވަރު ވަނީ އިތުރުވެފައި އެވެ.
އެޑިއުކޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި އިމްތިޙާނު ހަދަން ބޭނުންވާ ކެންޑިޑޭޓުން، ރާއްޖެއިން ބޭރަށް ދަތުރުފަތުރުކުރުމަށާއި ހުރުމުގެ ޚަރަދަށް އެކަނި ވެސ،ް އެވްރެޖްގޮތެއްގައި 30,000ރ އަށް ވުރެ ގިނަ ފައިސާ ޚަރަދުވާކަން ފާއިތުވެދިޔަ އަހަރުތަކުގެ ތަފާސް ހިސާބުތަކުން ފާހަގަކުރެވިފައިވާ ކަމަށާއި މިކަމަށް ހައްލު ހޯދުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ޕްރައިވެޓް ކެންޑިޑޭޓުންގެ ގޮތުގައި އޭލެވެލް އެޑެކްސެލްގެ މާއްދާތަކުގައި ބައިވެރިވާން ބޭނުންވާ ކެންޑިޑޭޓުންނަށް މިއަހަރުން ފެށިގެން އޭލެވެލް އެޑެކްސެލް މޭ/ޖޫން ސީރީސްގެ އިމްތިހާނުތައް ރާއްޖޭގައި އަލުން ބާއްވާގޮތަށް ނިންމާފައިވާކަން މިނިސްޓްރީން ވަނީ އިއުލާނުކޮށްފައެވެ. އަދި އޭލެވެލް އެޑެކްސެލް މ/ޭޖޫން ސީރީސްއާ ގުޅޭ މަޢުލޫމާތު 2026 ފެބުރުވަރީ 4 ވަނަ ދުވަހުން ފެށިގެން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން އާންމުކުރަމުން ގެންދާނެކަންވެސް ވަނީ ހާމަކޮށްފައެވެ.
އެޑެކްސެލް މޭ/ޖޫން ސީރީސް ރާއްޖޭގައި އަލުން ފެށިކަމުގައި ވީ ނަމަވެސް، ސްކޫލް ދަރިވަރުންގެ އޭލެވެލް އިމްތިޙާނު މިހާރެކޭ އެއް ގޮތަށް އޮންނާނީ އޮކްޓޫބަރ/ނޮވެންބަރު މަހުގައި ކަމުގައި މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ގުޅުންހުރި

ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި
(1).jpeg&w=3840&q=75)
އަލް-އަޒްހަރުން ޑިގްރީއަށް ކިޔެވުމަށް ދިވެހި ދަރިވަރުންނަށް 22 ސްކޮލަރޝިޕް!

މިއަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާ ދަރިވަރުންގެ ޗުއްޓީ އަށް




