ފޭދޫ ސްކޫލްގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފް އިން ނިއްވާލައިފި
# އެމްއެންޑީއެފް# އަލިފާނުގެ ހާދިސާ# އައްޑޫ ސިޓީފޭދޫ ސްކޫލްގައި ރޯވި އަލިފާންގަނޑު- ފޮޓޯ: އެމްއެންޑީއެފް
އައްޑޫ ސިޓީ ފޭދޫ ސްކޫލްގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުން ނިއްވާލައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ އަލިފާން ރޯވެފައިވަނީ އައްޑޫ ސިޓީ ފޭދޫ ސްކޫލް ލައިބްރަރީ ބޭރުގައި ކަމަށެވެ.
އެމްއެންޑީއަފް އަށް މި ހާދިސާގެ މައުލޫމާތު މިއަދު 8:20 ހާއިރު ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އަދި ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ މިއަދު 08:56 ހާއިރު ކަމަށްވެސް އެމްއެންޑީއެފް އިން ފާހަގަކުރި އެވެ.
ފޭދޫ ސްކޫލްގައި ރޯވި އަލިފާންގަނޑު- ފޮޓޯ: އެމްއެންޑީއެފް
އަލިފާން ރޯވެފައިވަނީ އެވަގުތުގައި އެތަނުގައި ސްކޫލު ދަރިވަރުން ކިޔަވަމުން ދިޔަ ވަގުތުގަ އެވެ. އަދި އެތަނުގައި ހުރި ފޮތްތަކެއްވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފަ އެވެ.
ގުޅުންހުރި

ގެއްލުނު މީހުން ހޯދުމުގެ އޮޕަރޭޝަން ވަރުގަދަކޮށް ކަނޑާއި ވައިގެ މަގުން 7،000 އަށްވުރެ ބޮޑު ސަރަޙައްދެއް ބަލައިފި

ސަޕްލައި ދޯނި ބަންޑުން ޖަހާލައި އަޑިއަށްދިޔަ ސަރަހައްދުގެ ފުންމިނުގައި ގާތްގަޑަކަށް 1645 މީޓަރު ހުންނާނެ ކަމަށް ބެލެވޭ - ސިފައިން

ކުޅުދުއްފުށީ ވިލާ ކޮލެޖް ކެމްޕަހުގެ ދަރިވަރުންނަށް ފަޔާ އެވެއާނަސް ސެޝަނެއް ކުރިއަށް ގެންގޮސްފި




