
ބަނގުރާ ބޭނުންކޮށް، ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން މީހަކު ހައްޔަރުކޮށްފި
# ބަންގްލަދޭޝް# ބަނގުރާ# ދިވެހި ފުލުހުންގެ ޙިދުމަތްބަނގުރާއާއެކު ހައްޔަރުކުރި ބިދޭސީ މީހާ- ފޮޓޯ: ފުލުހުން
ބަނގުރާ ބޭނުންކޮށް، އެތަކެތިން ވިޔަފާރިކުރުމުގެ ތުހުމަތުގައި މާލެއިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް/ޖާކިރް ހައުލެޑާރ (45އ) ކަމަށެވެ.
ފުލުހުން ބުނީ މިދިޔަ އަންގާރަ ދުވަހު އޭނާ ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 6 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެގޮތުން މައްސަލައިގެ އިޖުރާއާތްތައް ފުރިހަމަކުރުމަށްފަހު، އޭނާ މިހާރު ރާއްޖެއިން ޑީޕޯޓްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ގުޅުންހުރި

އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާ ފުލުހުން ހުއްޓުވައިފި

ރާއްޖެ މިދަނީ ހައިޕަރ އިންފްލޭޝަންއާ ދިމާލަށް؛ އެފަދަ ހާލަތެއްގައި އިޤްތިޞާދު ހިފަހައްޓަން އުނދަގޫވާނެ: ރައިސް ނަޝީދު

ފުލުހުންގެ ޤާބިލުކަން އިތުރުކުރުމާއި ސައިބަރ ސެކިއުރިޓީ ވަރުގަދަކުރުމާ ގުޅޭގޮތުން ޔޫ.އޭ.އީގެ ވަފުދާއެކު މަޝްވަރާކޮށްފި




