
ޑްރޯނެއްގެ އެހީގައި މާފުށީ ޖަލަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
# މާފުށީ ޖަލު# ދިވެހި ފުލުހުންގެ ޙިދުމަތް# މަސްތުވާތަކެތިފޮޓޯ: ޕޮލިސް
ޑްރޯނެއްގެ އެހީގައި މާފުށީ ޖަލަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މި ތަކެތި އަތުލައިގަނެފައިވަނީ މެއި 24 ވަނަ ދުވަހުގެ ރޭ 12:45 އެހައިކަންހާއިރު ހިންގި އޮޕަރޭޝަންގައެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ މާފުށީ ޕްރިޒަންއާއި، މާފުށީ ޕޮލިސް ސްޓޭޝަން އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ. މި އޮޕަރޭޝަންގައި މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.
މި އޮޕަރޭޝަންގައި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓު ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ވަނީ ގެނެސްފައެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 395.92 ގުރާމެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ގުޅުންހުރި

އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާ ފުލުހުން ހުއްޓުވައިފި

ރާއްޖެ މިދަނީ ހައިޕަރ އިންފްލޭޝަންއާ ދިމާލަށް؛ އެފަދަ ހާލަތެއްގައި އިޤްތިޞާދު ހިފަހައްޓަން އުނދަގޫވާނެ: ރައިސް ނަޝީދު

ފުލުހުންގެ ޤާބިލުކަން އިތުރުކުރުމާއި ސައިބަރ ސެކިއުރިޓީ ވަރުގަދަކުރުމާ ގުޅޭގޮތުން ޔޫ.އޭ.އީގެ ވަފުދާއެކު މަޝްވަރާކޮށްފި




