
މަލްޓިލޭޓަރަލް އެކްސަސައިޒް "ޕްރަގަތީ 2026"ގައި އެމްއެންޑީއެފުން ބައިވެރިވެއްޖެ
# އެމްއެންޑީއެފް# ޕްރަގަތީ 2026# ދިވެހި ސިފައިންފޮޓޯ: އެމްއެންޑީއެފް
”ޕާޓްނަޝިޕް އޮފް ރީޖަނަލް އަރމީސް ފޯ ގުރޯވްތު އެންޑް ޓްރާންސްފޯމޭޝަން އިން ދަ އިންޑިއަން އޯޝަން ރީޖަން“ (ޕްރަގަތީ 2026) މަލްޓިލޭޓަރަލް އެކްސަސައިޒްގައި އެމްއެންޑީއެފުން ބައިވެރިވެއްޖެއެވެ.

މޭ މަހުގެ 18އިން 31އަށް އިންޑިއާގެ އުމްރޯއި މިލިޓަރީ ސްޓޭޝަނުގައި ކުރިއަށްގެންދިޔަ މި އެކްސަސައިޒަކީ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންތަކާއި، ސުލްހަ ބެލެހެއްޓުމުގެ މަސައްކަތްތަކުގެ އިތުރުން އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތީ ކަންކަމުގައި ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ އެކްސަސައިޒެކެވެ.
މި އެކްސަސައިޒްގައި އެމްއެންޑީއެފް ސްޕެޝަލް ފޯސަސް، އެމްއެންޑީއެފް ސްޕެޝަލް އޮޕަރޭޝަން ގްރޫޕް އަދި އެމްއެންޑީއެފް ސްޕެޝަލް ބޯޓު ސްކޮޑްރަންގެ އިތުރުން އެމްއެންޑީއެފް މެރިން ކޯރގެ ސިފައިން ބައިވެރިވިއެވެ.
މި އެކްސަސައިޒް ނިންމާލާފައިވަނީ ބައިވެރިވި ގައުމުތަކުގެ މެދުގައި، ގުޅިގެން މަސައްކަތްކުރުމުގެ ގާބިލުކަން ދައްކުވައިދިން 72 ގަޑިއިރުގެ ވެލިޑޭޝަން އެކްސަސައިޒަކަށް ފަހުއެވެ.
މި އެކްސަސައިޒްގައި 13 ގައުމަކުން 400އަށް ވުރެ ގިނަ ސިފައިން ބައިވެރިވިއެވެ. ދިވެހިރާއްޖެ ހިމެނޭހެން މި އެކްސަސައިޒްގައި އިންޑިއާ، ބޫޓާން، ކެމްބޯޑިއާ، އިންޑޮނޭޝިޔާ، ލާއޯސް، މެލޭޝިޔާ، މިޔަންމާ، ނޭޕާލް، ފިލިޕީންސް، ސީޝެލްސް، ސްރީލަންކާ އަދި ވިއެޓްނާމްގެ ސިފައިން ބައިވެރިވިއެވެ.
ގުޅުންހުރި

ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަން: 9400 އަކަ ނޯޓިކަލް މޭލަށްވުރެ ބޮޑު ސަރަހައްދެއް ބަލައިފި

ގެއްލުނު މީހުން ހޯދުމުގެ އޮޕަރޭޝަން ވަރުގަދަކޮށް ކަނޑާއި ވައިގެ މަގުން 7،000 އަށްވުރެ ބޮޑު ސަރަޙައްދެއް ބަލައިފި

ސަޕްލައި ދޯނި ބަންޑުން ޖަހާލައި އަޑިއަށްދިޔަ ސަރަހައްދުގެ ފުންމިނުގައި ގާތްގަޑަކަށް 1645 މީޓަރު ހުންނާނެ ކަމަށް ބެލެވޭ - ސިފައިން




