
ބ. މާޅޮހާއި އއ. ފެރިދޫ ޕޮލިސް ސްޓޭޝަންގައި ގަސް އިންދުމުގެ ހަރަކާތެއް
# ކޮމިޝަނަރ އޮފް ޕޮލިސް# ދާޚިލީ ވަޒީރު# ދިވެހި ފުލުހުންގެ ޙިދުމަތްފޮޓޯ: ޕޮލިސް
ބ. މާޅޮހާއި އއ. ފެރިދޫގައި ހުޅުވި ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

އެ ދެ ރަށުގައި ވަކިވަކިން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އާއި، ފުލުހުންގެ ޚިދުމަތުގެ އެގްޒެކެޓިވް ބައެއް އޮފިސަރުން ބައިވެރިވެލެއްވިއެވެ.

މި ހަރަކާތުގައި މާޅޮހާއި ފެރިދޫ ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައި، އެކި ވައްތަރުގެ މޭވާ ގަހާއި ރުއް އިންދާފައިވެއެވެ.
މި މަހުގެ 2 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތަކީ އެ ދެ ރަށުގައި ޕޮލިސް ސްޓޭޝަން ހުޅުވުމަށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގެ ތެރެއިން ކުރިއަށް ގެންދިޔަ ހާއްސަ ހަރަކާތެކެވެ.
ގުޅުންހުރި

އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާ ފުލުހުން ހުއްޓުވައިފި

ރާއްޖެ މިދަނީ ހައިޕަރ އިންފްލޭޝަންއާ ދިމާލަށް؛ އެފަދަ ހާލަތެއްގައި އިޤްތިޞާދު ހިފަހައްޓަން އުނދަގޫވާނެ: ރައިސް ނަޝީދު

ފުލުހުންގެ ޤާބިލުކަން އިތުރުކުރުމާއި ސައިބަރ ސެކިއުރިޓީ ވަރުގަދަކުރުމާ ގުޅޭގޮތުން ޔޫ.އޭ.އީގެ ވަފުދާއެކު މަޝްވަރާކޮށްފި




