
ރާއްޖެ ޖޫނިއަރ ކެރަމް ޗެމްޕިއަންޝިޕް: 14 އަހަރުންދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އަހްކަމް ހޯދައިފި
# ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް# ދިވެހި ކުޅިވަރު # ރާއްޖެ ޖޫނިއަރ ކެރަމް ޗެމްޕިއަންޝިޕް 2026އަލީ އަހްކަމް އާދަމް... ފޮޓޯ: ގާފު ސްޕޯޓްސް / އަހުމަދު ޝުރާއު
ރާއްޖެ ޖޫނިއަރ ކެރަމް ޗެމްޕިއަންޝިޕް، 14 އަހަރުންދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އަލީ އަހްކަމް އާދަމް ހޯދައިފިއެވެ.

14 އަހަރުން ދަށުގެ ފިރިހެން ސިންގަލް ޗެމްޕިއަންކަން އަހްކަމް ހޯދީ ފައިނަލުގައި ވާދަވެރި ކުޅުމަކަށްފަހު 14-17 ގެ ނަތީޖާއަކުން މުހައްމަދު ޝިފާން ބަލިކުރުމަށްފަހު އެވެ.
މުބާރާތުގެ ފައިނަލުން އަހްކަމް ޖާގަހޯދީ މިއުމުރުފުރާގެ ސެމީފައިނަލް ދެވަނަ މެޗުގައި 20-16 ގެ ނަތީޖާއަކުން ރަޔާން އަބްދުﷲ ބަލިކުރުމަށްފަހު އެވެ. އަދި ޝިފާން ފައިނަލުން ޖާގަހޯދީ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި 6-23 ގެ ތަފާތުބޮޑު ނަތީޖާއަކުން އަލީ އިޒްކާން އުމަރު ބަލިކުރުމަށްފަހު އެވެ.
6 ޖޫން 2026 އިން 13 ޖޫން 2026 ގެ ނިޔަލަށް ހުޅުމާލޭ ކެރަމް ހޯލުގައި ކުރިއަށްދިޔަ ރާއްޖެ ޖޫނިއާރ ކެރަމް ޗެމްޕިއަންޝިޕުގައި މިއަހަރު މާލޭގެ 16 ސްކޫލަކުން 458 ކުޅުންތެރިން ވާދަކުރިއިރު، 14 އަހަރުން ދަށުގެ ފިރިހެން ޑިވިޝަނުގައި 12 ސުކޫލަކުން 71 ކުޅުންތެރިން ވާދަކޮށްފައިވެއެވެ.
ގުޅުންހުރި

ކެރަމް އެސޯސިއޭޝަންގެ ފަރާތުން މުހްޔިއްދީން ސްކޫލަށް ކެރަމް ބޯޑުތަކެއް ހަދިޔާކޮށްފި

އޭއެފްސީ ޗެލެންޖް ލީގު: މާޒިޔާ ކަޓުވާލުމަށްފަހު ރެގާރު ގުރޫޕް ސްޓޭޖުން ޖާގަ ހޯދައިފި

ރާއްޖެ ޖޫނިއަރ ހޭންޑްބޯޅަ: ވިއްސާރަވެ މޫސުން ގޯސްވުމުގެ ސަބަބުން މިއަދާއި މިރޭގެ މެޗުތައް ކެންސަލް




