
ރާއްޖެ ޖޫނިއަރ ކެރަމް ޗެމްޕިއަންޝިޕް: 16 އަހަރުންދަށް ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ކިޔާން ހޯދައިފި
# ދިވެހި ކުޅިވަރު # ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް# ރާއްޖެ ޖޫނިއަރ ކެރަމް ޗެމްޕިއަންޝިޕް 2026އަބްދުއްﷲ ކިޔާން ބިން ޝާޒް.. ފޮޓޯ: ގާފު ސްޕޯޓްސް / އަހުމަދު ޝުރާއު
ރާއްޖެ ޖޫނިއަރ ކެރަމް ޗެމްޕިއަންޝިޕް، 16 އަހަރުންދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އަބްދުއްﷲ ކިޔާން ބިން ޝާޒް ހޯދައިފިއެވެ.

16 އަހަރުން ދަށުގެ ފިރިހެން ސިންގަލް ޗެމްޕިއަންކަން ކިޔާން ހޯދީ ފައިނަލުގައި ފަސޭހަކަމާއެކު 13-25 ގެ ނަތީޖާއަކުން އަހުމަދު ޝަމާލް ސައުދުﷲ ބަލިކުރުމަށްފަހު އެވެ.
މުބާރާތުގެ ފައިނަލުން ޝަމާލް ޖާގަހޯދީ މިއުމުރުފުރާގެ ސެމީފައިނަލް ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު 19-5 ގެ ތަފާތުބޮޑު ނަތީޖާއަކުން ޒާހިލް ޒާލިފް އަހުމަދު ބަލިކުރުމަށްފަހު އެވެ. އަދި ކިޔާން ފައިނަލުން ޖާގަހޯދީ ސެމީފައިނަލްގެ ދެވަނަ މެޗުގައި 18-24 ގެ ނަތީޖާއަކުން ޔޫނުސް ބިން މުހައްމަދު ބިން ހަސަން ބަލިކުރުމަށްފަހު އެވެ.
6 ޖޫން 2026 އިން 13 ޖޫން 2026 ގެ ނިޔަލަށް ހުޅުމާލޭ ކެރަމް ހޯލުގައި ކުރިއަށްދިޔަ ރާއްޖެ ޖޫނިއާރ ކެރަމް ޗެމްޕިއަންޝިޕުގައި މިއަހަރު މާލޭގެ 16 ސްކޫލަކުން 458 ކުޅުންތެރިން ވާދަކުރިއިރު، 16 އަހަރުން ދަށުގެ ފިރިހެން ޑިވިޝަނުގައި 12 ސުކޫލަކުން 71 ކުޅުންތެރިން ވާދަކޮށްފައިވެއެވެ.
ގުޅުންހުރި

ކެރަމް އެސޯސިއޭޝަންގެ ފަރާތުން މުހްޔިއްދީން ސްކޫލަށް ކެރަމް ބޯޑުތަކެއް ހަދިޔާކޮށްފި

އޭއެފްސީ ޗެލެންޖް ލީގު: މާޒިޔާ ކަޓުވާލުމަށްފަހު ރެގާރު ގުރޫޕް ސްޓޭޖުން ޖާގަ ހޯދައިފި

ރާއްޖެ ޖޫނިއަރ ހޭންޑްބޯޅަ: ވިއްސާރަވެ މޫސުން ގޯސްވުމުގެ ސަބަބުން މިއަދާއި މިރޭގެ މެޗުތައް ކެންސަލް




