
މަރުހޫމް ޢާސިފްގެ އާއިލާއާ ސީޕީ ބައްދަލުކުރައްވައިފި
# ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާ# ދިވެހި ފުލުހުންގެ ޙިދުމަތް# ކޮމިޝަނަރ އޮފް ޕޮލިސް# ސީޕީ# ރައީސް މުއިއްޒުފޮޓޯ: ޕޮލިސް
މަރުހޫމް، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާސިފްގެ އާއިލާއާ ކޮމިޝަނަރ އޮފް ޕޮލިސް ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތައުޒިއާގެ މެސެޖް ރައްދުކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މަރުހޫމް، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާސިފް ރަސްމީ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށް ވަކިވެދިޔުމަކީ އާއިލާއަށާއި މުޅި ގައުމަށް ލިބުނު ހިތާމައެއްކަން ފާހަގަ ކުރައްވާއި، ގައުމީ ވާޖިބު އަދާ ކުރެއްވުމުގައި ދެއްކެވި ސާބިތު ކަމާއި، އިހުލާސްތެރި މަސައްކަތުގެ އަގު ވަޒަން ކުރެއްވިއެވެ.
އަދި ހިތާމައިގެ މި ދަނޑިވަޅުގައި، ސަރުކާރުގެ ފަރާތުން އާއިލާއަށް ބޭނުންވާނެ އެންމެހައި އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެރުއްވިއެވެ.
މީގެއިތުރުން، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާނާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެހައި މުވައްޒަފުންނާއި ކޮމިޝަނަރގެ އަމިއްލަ ނަންފުޅުގައިވެސް އާއިލާއަށް ތަޢުޒިޔާ ރައްދުކުރެއްވިއެވެ.
މަރުހޫމް އަޙްމަދު ޢާސިފް ގައުމަށް ކޮށްދެއްވި ހިދުމަތް ފާހަގަކުރައްވައި، މަރުހޫމްގެ ހިދުމަތާއި ވެވަޑައިގަތް ގުރުބާނީގެ ހަނދާންތައް، ދިވެހި ފުލުހުންގެ ޚިދުމަތުން އަބަދުވެސް އާކުރާނީ އިހުތިރާމާއި ޝަރަފާއެކުކަން ކޮމިޝަނަރ ތަކުރާރުކުރެއްވިއެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ރައީސުލްޖުމްހޫރިއްޔާ، "ރައްޔިތުންގެ އަޑު" ސިލްސިލާގެ ބައްދަލުވުންތައް ފައްޓަވައިފި

އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާ ފުލުހުން ހުއްޓުވައިފި

ޤައުމީ އިނާމު ދިނުމުގެ ރަސްމިއްޔާތު ހޮނިހިރު ދުވަހު އުތީމުގައި: މި އަހަރުގެ ޤައުމީ އިނާމު 10 ބޭފުޅަކަށާއި ދެ މުއައްސަސާއަކަށް!




