
އަމްސާ ސައުތު އީސްޓް އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގެ ކޮމްޕެޓިޝަން ޑިރެކްޓަރ އަކަށް ރާއްޖޭގެ ރައުޝާން
# ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް# ދިވެހި ކުޅިވަރުކެރަމް އެސޯސިއޭޝަންގެ ޖީއެސް ހުސެއިން ރައުޝާން ކަނާތުން ދެވަނައަށް..
އޭޝިއަން މައިންޑް ގޭމްސް އެސޯސިއޭޝަން (އަމްސާ) ގެ ފަރާތުން އިންތިޒާމުކޮށް ބާއްވާ ދެވަނަ ސައުތު އީސްޓް އޭޝިއަން މައިންޑް ގޭމްސްގައި ހިމެނޭ ކެރަމްގެ ކޮމްޕެޓިޝަން ޑިރެކްޓަރުގެ މަގާމަށް ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނަރަލް ސެކްރެޓަރީ ހުސެއިން ރައުޝާން ހަމަޖައްސައިފިއެވެ.

19 ޖޫން 2026 އިން 20 ޖޫން 2026 ގެ ނިޔަލަށް ހޮންގް ކޮންގައި ކުރިއަށްދާ މިމުބާރާތުގައި ފަސް ގައުމަކުން ހަތް ކުޅިވަރެއްގައި ވާދަކުރާއިރު، މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ސިންގަޕޫރު، ތައިލޭންޑް، ސައުތު ކޮރެއާ، ހޮން ކޮންގް އަދި މެލޭޝިއާ އެވެ. އަދި މިއީ ކުޅިވަރު ގޭމްސްއެއްގައި މިހާތަނަށް ކެރަމް ހިމެނި ފުރަތަމަ ފަހަރެވެ.
ހޮންގް ކޮންގައި ހުންނަވައިގެން ގާފު ސްޕޯޓްސްއަށް މައުލޫމާތު ދެއްވަމުން، އިންޓަނޭޝަނަލް ކެރަމް ފެޑަރޭޝަންގެ ނައިބު ރައީސް ކަމުގެ މަގާމު ފުރުއްވަމުންދާ ރައުޝާން ވިދާލުވީ މިފަދަ ތާރީޚީ ޒިންމާއެއް އަދާކުރައްވަން ލިބިވަޑައިގަތުމަކީ ލިބުނު ޝަރަފެއްކަމަށެވެ.
އިތުރަށް ވާހަކަދައްކަމުން ރައުޝާން ވިދާލުވީ އަމްސާގެ މެންބަރުކަން ހޯދުމަށް ކުރަންޖެހޭ މަސައްކަތް މިހާރު ވެސް މިމުބާރާތުގެ ހަވާސާގެ ތެރެއިން ކުރިއަށްދާކަމަށާއި، އަމްސާގެ މެންބަރުކަން ލިބުމުން ކުރިއަށް އޮތްތާގައި ރާއްޖެއަށް ވެސް މި މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.
ގުޅުންހުރި

ކެރަމް އެސޯސިއޭޝަންގެ ފަރާތުން މުހްޔިއްދީން ސްކޫލަށް ކެރަމް ބޯޑުތަކެއް ހަދިޔާކޮށްފި

އޭއެފްސީ ޗެލެންޖް ލީގު: މާޒިޔާ ކަޓުވާލުމަށްފަހު ރެގާރު ގުރޫޕް ސްޓޭޖުން ޖާގަ ހޯދައިފި

ރާއްޖެ ޖޫނިއަރ ހޭންޑްބޯޅަ: ވިއްސާރަވެ މޫސުން ގޯސްވުމުގެ ސަބަބުން މިއަދާއި މިރޭގެ މެޗުތައް ކެންސަލް




