
އަނެއްކާވެސް ބޮޑު އޮޕަރޭޝަނެއް: ކަނޑުމަގުން އެތެރެކުރަން އުޅުނު 6،000 އަށްވުރެ ގިނަ ވޭޕް އަތުލައިގަނެފި
# ކަސްޓަމްސް ސާވިސަސް-
ކަނޑުމަގުން ދިވެހިރާއްޖެއަށް އެތެރެކުރި މުދާ ޝިޕްމެންޓެއްގައި ޤާނޫނާއި ޤަވާޢިދާ ޚިލާފު ތަކެތި ހުރެދާނެކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ ވޭޕް އަތުލައިގަނެ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ޖޫން 20 ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުގައި މި އޮޕަރޭޝަން ކުރިއަށްގެންގޮސްފައިވަނީ ކަސްޓަމްސްގެ އިންޓެލިޖެންސާއި ރިސްކް މެނޭޖްމަންޓް ނިޒާމުގެ ތެރެއިން ފާހަގަކުރެވުނު ޝައްކުތަކަކަށް ބެލުމަށްފަހުއެވެ.
ކަސްޓަމްސްއިން ހާމަކުރި ގޮތުގައި، މި އޮޕަރޭޝަންގައި ބަލައި ފާސްކޮށްފައިވަނީ ރާއްޖެ އެތެރެކުރިއިރު "ޖެނެރަލް ކާގޯ" ނުވަތަ އާންމު މުދަލުގެ ގޮތުގައި ޑިކްލެއަރކޮށް ފޮނުވާފައި އޮތް ޝިޕްމަންޓެކެވެ. ނަމަވެސް، އެ ކޮންޓޭނަރު ތަފްސީލީގޮތެއްގައި ބަލައި ފާސްކުރިއިރު، އޭގެ ތެރޭގައި ސިއްރުން ފޮރުވާފައި ހުރި ގިނަ އަދަދެއްގެ ވޭޕް އުފެއްދުންތައް ވަނީ ފެނިފައެވެ.
މިގޮތުން ކަސްޓަމްސްގެ އޮފިސަރުން ކުރި މަސައްކަތުން އެ ޝިޕްމަންޓުގެ ތެރެއިން ޖުމްލަ 6،328 ވޭޕް ކާޓްރިޖް ހޯދައި، އެތަކެތި މިހާރު ވަނީ ކަސްޓަމްސްގެ ރަސްމީ ބެލުމުގެ ދަށަށް ގެނެސްފައެވެ.
މި މައްސަލައާ ގުޅިގެން ބޭނުންވާ އިތުރު ތަޙުޤީޤުތައް ކަސްޓަމްސްއިން މިހާރު ދަނީ ކުރިޔަށްގެންދަމުންނެވެ.
ގުޅުންހުރި

ލަގެޖުގައި ފޮރުވައިގެން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފި

ޖޫންމަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް 400 މިލިޔަނަށް ވުރެ ގިނަ ރުފިޔާ

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 800 ވޭޕް ކާޓްރިޖް ކަސްޓަމްސްއިން އަތުލައިގެންފި




