
ފްރާންސްގެ މަތިންދާ ބޯޓެއް ވެއްޓުމާ ގުޅިގެން ރައީސް ތައުޒިޔާ ފޮނުއްވައިފި
# ރައީސް މުއިއްޒު# ފްރާންސްފްރާންސްގެ މަތިންދާ ބޯޓު ވެއްޓުމާ ގުޅިގެން ރައީސް މުއިއްޒު ފްރާންސްގެ ރައީސްއަށް ތައުޒިޔާ ފޮނުއްވައިފި
ފަރަންސޭސިވިލާތުގެ ތޮމްބްލެއިންގައި މަތިންދާ ބޯޓެއް ވެއްޓުނު ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސުލްޖޫމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ގައުމުގެ ރައީސް އެމަނުއެލް މެކްރޯންއަށް ތައުޒިޔާގެ މެސެޖް ފޮނުއްވައިފި އެވެ.

ރައީސްގެ މެސެޖުގައި މަތިންދާ ބޯޓުން އިއްޔެ ދަތުރުކުރި ހުރިހާ ފަޅުވެރިންނާއި ފަސިންޖަރުންގެ ފުރާނަ ގެއްލުން މި ހިތާމަވެރި ހާދިސާގެ ހްބަރު އަޑުއެއްސެވީ، ފުން ހިތާމައާ އެކުގައިކަން ފާހަގަކުރެއްވި އެވެ.
ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސް ވަނީ ފަރަންސޭސިވިލާތުގެ ރައީސަށާއި، ސަރުކާރާއި ރައްޔިތުން އަދި މަރުވި މީހުންގެ އާއިލާތަކަށް ތަޢުޒިޔާ ވިދާޅުވެ، ހަމްދަރުދީ ފާޅުކުރައްވާފަ އެވެ. އަދި ހާދިސާ ހިނގި ސަބަބު ދެނެގަތުމަށް ކުރިއަށްގެންދާ ތަހުގީގުގައި ކާމިޔާބީ މިންވަރުކުރެއްވުމަށް، އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.
ބޭރުގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ވެއްޓިފައިވާ ސްކައިޑައިވިންގެ މި މަތިންދާ ބޯޓުގައި ތިބި 11 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.އަދި މީގެތެރޭގައި ހިމެނެނީ ޕައިލެޓާއި 5 އިންސްޓްރަކްޓަރުންނައި 5 ދަރިވަރުންނެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ރައީސުލްޖުމްހޫރިއްޔާ، "ރައްޔިތުންގެ އަޑު" ސިލްސިލާގެ ބައްދަލުވުންތައް ފައްޓަވައިފި

ޤައުމީ އިނާމު ދިނުމުގެ ރަސްމިއްޔާތު ހޮނިހިރު ދުވަހު އުތީމުގައި: މި އަހަރުގެ ޤައުމީ އިނާމު 10 ބޭފުޅަކަށާއި ދެ މުއައްސަސާއަކަށް!

ސަރުކާރުގެ ޚަރަދުގައި ބިނާކުރާ ޢަރަބިއްޔާ ސްކޫލުގެ އާ ޢިމާރާތުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް ބައްލަވާލައްވައިފި




