
ސާފު އަދި ރައްކާތެރި ބޯފެން ކަށަވަރުކުރަން ކެނދިކުޅުދޫ ފެން ޕްލާންޓް އެކީގައި ސާފުކޮށްފި
# ފެނަކަ ކޯޕަރޭޝަން-
ނ. ކެނދިކުޅުދޫގައި ގާއިމުކޮށްފައިވާ ފެން ޕްލާންޓް ސާފުކުރުމުގެ ޚާއްސަ މަސައްކަތްތަކެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.

ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނީ މިއީ އެ ރަށުގެ ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ބޯފެނުގެ ޚިދުމަތުގެ ފެންވަރު މިހާރަށްވުރެ މަތިކޮށް، ފެން އުފައްދާ ނިޒާމުގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި ކަމާބެހޭ މުވައްޒަފުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ނުހަނު މުހިންމު ސާފުކުރުމުގެ ހަރަކާތެއް ކަމަށެވެ.
މި ހަރަކާތުގެ ތެރެއިން ފެން ޕްލާންޓް ހުރި މުޅި ސަރަހައްދު ސާފުކުރުމުގެ އިތުރުން، ފެން އުފެއްދުމަށް ބޭނުންކުރާ ޕްލާންޓްގެ އެކި މުހިންމު ބައިތަކާއި ފިލްޓަރުތައް ވެސް ވަނީ ފުރިހަމައަށް ސާފުކޮށް، މަރާމާތުގެ ބައެއް މަސައްކަތްތެއްވެސް ކުރިޔަށް ގެންގޮސްފައި އެވެ.
މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް ދެވޭ އަސާސީ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމާއި، ރަށްރަށުގައި ގާއިމުކޮށްފައިވާ އުމްރާނީ ވަސީލަތްތައް އެންމެ އެދެވޭ ގޮތެއްގައި ދިގު މުއްދަތަކަށް ބެލެހެއްޓުމެވެ. މީގެ އިތުރުން، މިކަމުގެ ސަބަބުން ފެން ޕްލާންޓްގެ މެޝިނަރީތަކަށް ދިމާވެދާނެ މައްސަލަތައް ކުރިއާލައި ދެނެގަނެވި، ޚިދުމަތް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށް ބޮޑު ބާރަކަށް ވެގެންދާނެކަންވެސް ފެނަކައިން ވަނީ ހާމަކޮށްފައި އެވެ.
ގުޅުންހުރި

ހެނބަދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކު ހުޅުވައިފި
.jpg&w=3840&q=75)
މުވައްޒަފުންނާ ގުޅޭ ކަންކަން ހައްލުކުރަން މަޖިލީހުން ފެނަކައަށް އަންގައިފި

މާއެނބޫދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް؛ 400 ކިލޯވޮޓްގެ ޖެނެރޭޓަރު ބެހެއްޓުމުގެ މަސައްކަތް ފަށައިފި




