ހިޔާ ޓަވަރުތަކުގައި ލިފްޓުތައް ހަރުކުރުމުގެ މަޝްރޫއު ނިންމާލައިފި
# ރައީސް މުއިއްޒު# ހުޅުމާލެ ފޭސް 2# ހިޔާ ފްލެޓުތައްހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓުތައް ހަރުކޮށް، އިފްތިތާހްކުރުމުގެ ހަފްލާގެ ތެރެއިން- ފޮޓޯ: އެޗްޑީސީ
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓުރައް ހަރުކުރުމުގެ މަޝްރޫއު ނިންމައި އިފްތިތާހްކޮށްފި އެވެ.

ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ލިފްޓުގެ ދަތިކަން ދިމާވާތީ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ކުރިއަށްގެންދިޔަ މި މަޝްރޫއުއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.
މި މަޝްރޫއު އިފްތިތާހްކޮށްދެއްވީ ހައުސިންގް މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބެވެ.
ރޭގައި އިފްތިތާހްކުރެވިގެންދިޔަ މި ލިފްޓުތައް ހިޔާގެ 16 ޓަވަރުގެ ތެރެއިން ކޮންމެ 2 ލިފްޓު އިތުރުކޮށްފައިވާއިރު، ޖުމްލަ 32 ލިފްޓު ވަނީ ހަރުކޮށްފަ އެވެ. އެއީ ސްޓްރެޗާ ނުވަތަ ބަލި މީހުން އުފުލޭނެ 12 މީހުންގެ ޖާގައިގެ ބޮޑު ލިފްޓެއް އަދި 14 މީހުންގެ ޖާގައިގެ ޒަމާނީ ލިފްޓެކެވެ. މި ލިފްޓުތަކުން ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ މީހުންނަށް ފަސޭހައިން ބޭނުންކުރެވޭނެހެން ބްރެއިލް އަކުރުން ފްލޯ ނަންބަރުތައް ޖަހާފައިވެ އެވެ.
މި މަޝްރޫއުގެ މަސައްކަތް ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގްރޫޕާ ހަވާލުކޮށް، މަސައްކަތުގެ އަމަލީ މަސައްކަތް ފެއްޓީ 2024 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގަ އެވެ.
ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓުތައް ހަރުކޮށް، އިފްތިތާހްކުރުމުގެ ހަފްލާގެ ތެރެއިން- ފޮޓޯ: އެޗްޑީސީ
25 ފަންގިފިލާގެ ހިޔާ މަޝްރޫއުގައި 6720 ހައުސިންގް ޔުނިޓް ހިމެނޭއިރު، ކޮންމެ ޓަވަރެއްގައި 400 އެއްހާ އެޕާޓްމަންޓް ހިމެނެ އެވެ. އަދި ކޮންމެ ޓަވަރެއްގައި އާބާދީ 2000 އާއި ގާތްކުރެ އެވެ.
ޓަވަރުތައް ފުރަތަމަ ތަރައްގީކޮށް އެތަނަށް މީހުން ބަދަލުވާންފެށިއިރު، އެތަނުގައި ހަރުކޮށްފައިވަނީ ބަލިމީހުން އުފުލާ ހެދޭހާ ތަނަވަސް ލިފްޓުތަކެއް ނޫނެވެ. އަދި އޭރުގައި ކޮންމެ ޓަވަރެއްގައި 3 ނުވަތަ 4 ލިފްޓު ހުންނައިރު، ލިފްޓު މަދުވެގެން އަރާ ފޭބުމުގައި ދަތިތަކަށް ހުރުމުގެ ޝަކުވާ ރައްޔިތުން ފާޅުކުރެ އެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ރައީސުލްޖުމްހޫރިއްޔާ، "ރައްޔިތުންގެ އަޑު" ސިލްސިލާގެ ބައްދަލުވުންތައް ފައްޓަވައިފި

ޤައުމީ އިނާމު ދިނުމުގެ ރަސްމިއްޔާތު ހޮނިހިރު ދުވަހު އުތީމުގައި: މި އަހަރުގެ ޤައުމީ އިނާމު 10 ބޭފުޅަކަށާއި ދެ މުއައްސަސާއަކަށް!

ސަރުކާރުގެ ޚަރަދުގައި ބިނާކުރާ ޢަރަބިއްޔާ ސްކޫލުގެ އާ ޢިމާރާތުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް ބައްލަވާލައްވައިފި




