
-
ދ މާއެނބޫދޫގެ ކަރަންޓުގެ ޚިދުމަތް މިހާރަށްވުރެ ބޮޑަށް ހަރުދަނާކޮށް، އެ ރަށަށް ދިމާވެފައިވާ ހަކަތައިގެ ދަތިތަކަށް ދާއިމީ އަދި އިތުބާރުހުރި ހައްލެއް ހޯދުމަށްޓަކައި 400 ކިލޯވޮޓްގެ ބޮޑު އައު ޖެނެރޭޓަރެއް އިންސްޓޯލްކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

މި މަޝްރޫޢަކީ މާއެނބޫދޫގެ ކަރަންޓު ނެޓްވޯކްގެ ޤާބިލުކަން އިތުރުކޮށް، ރަށުގެ ރައްޔިތުންނަށާއި ވިޔަފާރިތަކަށް މެދުކެނޑުމެއްނެތި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ ވަރަށް މުހިންމު މަސައްކަތެކެވެ.
މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ޖެނެރޭޓަރު ބެހެއްޓުމަށް ބޭނުންވާ ފަންނީ ތައްޔާރީތަކާއި، ސެންޓްރަލް ސިސްޓަމާ ގުޅާލުމުގެ އެކި މަރުހަލާތަކެވެ.
ފެނަކަ ކޯޕަރޭޝަނުން މަޢުލޫމާތު ދޭ ގޮތުގައި، އައު ޖެނެރޭޓަރު ބެހެއްޓުމުގެ މަސައްކަތްތައް ނިމި ހަކަތަ ފޯރުކޮށްދޭން ފެށުމުން، ފަހަކަށް އައިސް ރަށުން ކަރަންޓު ކެނޑެމުންދާ މައްސަލައަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އަދި މިއީ ކުރިއަށް އޮތް ތަނުގައި ރަށުގެ އާބާދީ އިތުރުވެ، ކަރަންޓު ބޭނުންކުރާ މިންވަރު މަތިވިޔަސް ހަކަތަ މެނޭޖްކުރެވޭނެ ފަދަ ޒަމާނީ ބަދަލެކެވެ.
ގުޅުންހުރި

ހެނބަދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކު ހުޅުވައިފި
.jpg&w=3840&q=75)
މުވައްޒަފުންނާ ގުޅޭ ކަންކަން ހައްލުކުރަން މަޖިލީހުން ފެނަކައަށް އަންގައިފި

މާއެނބޫދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް؛ 400 ކިލޯވޮޓްގެ ޖެނެރޭޓަރު ބެހެއްޓުމުގެ މަސައްކަތް ފަށައިފި




