
ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި
# ރައީސް މުއިއްޒު# މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން, ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ# ބޮޑުތަކުރުފާނު މަގު މަޝްރޫއު# އަބްދުالله މުއްތަލިބުބޮޑުތަކުރުފާނު މަގުގެ މަސައްކަތްތައް ރައީސް ބައްލަވާލެއްވުމުގެ ތެރެއިން- ފޮޓޯ: އެމްޓީސީސީ
މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތްތަައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައްވައިފި އެވެ.

ހައުސިންގް މިނިސްޓްރީން ބުނީ މި ސަރަހައްދު ބައްލަވާލެއްވުމަށް ރައީސްގެ އަރިހުގައި ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
މި މަޝްރޫއުގެ ދަށުން މިދިޔަ އަންގާރަ ދުވަހުގެ ރޭގައިވަނީ ހެންވޭރު ޓާމިނަލުން ފެށިގެން ފޮރިން މިނިސްޓްރީއާ ހަމައަށް ތާރު އެޅުމުގެ މަސައްކަތް ނިންމާލާފަ އެވެ. އަދި ފޮރިން މިނިސްޓްރީން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ތާރު އެޅުމުގެ މަސައްކަތް އަންނަ ހަފުތާ ނިމުމާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެ އެވެ.
ބޮޑުތަކުރުފާނު މަގުގެ މަސައްކަތްތައް ރައީސް ބައްލަވާލެއްވުމުގެ ތެރެއިން- ފޮޓޯ: އެމްޓީސީސީ
އެމްޓީސީސީން ބުނެފައިވަނީ މި ބޮޑު މަޝްރޫއުގެ ދަށުން ކުރިއަށްދާ ފައިނަލް ކީވޯލް ކެޕިންގ ކޮންކްރީޓް ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ވެސް މި ހަފުތާގެ ތެރޭގައި އެއްކޮށް ކުރިއަށްދާނެ ކަމަށެވެ.
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަކީ މާލޭގެ ބަނދަރު ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރުމަށާއި، ބޮޑެތި އުޅަނދުފަހަރަށް ފަސޭހައިން ދަތުރުފަތުރު ކުރެވޭނެ މަގު ފަހިކޮށްދިނުމަށްޓަކައި ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ ވަރަށް ބޮޑު އަދި މުހިންމު އުމްރާނީ މަޝްރޫއެކެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ރައީސުލްޖުމްހޫރިއްޔާ، "ރައްޔިތުންގެ އަޑު" ސިލްސިލާގެ ބައްދަލުވުންތައް ފައްޓަވައިފި

ޤައުމީ އިނާމު ދިނުމުގެ ރަސްމިއްޔާތު ހޮނިހިރު ދުވަހު އުތީމުގައި: މި އަހަރުގެ ޤައުމީ އިނާމު 10 ބޭފުޅަކަށާއި ދެ މުއައްސަސާއަކަށް!

ސަރުކާރުގެ ޚަރަދުގައި ބިނާކުރާ ޢަރަބިއްޔާ ސްކޫލުގެ އާ ޢިމާރާތުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް ބައްލަވާލައްވައިފި




