
ލޮރީއަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ
# ބޮޑުތަކުފާނު މަގު# އެކްސިޑެންޓް# ދިވެހި ފުލުހުންގެ ޙިދުމަތްފޮޓޯ: އެމްވީ ކްރައިސިސް
ލޮރީއަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި މީހަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެކްސިޑެންޓުގައި އަނިޔާވި މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.އަދި އެއީ ފިރިހެނެއް ކަމަށް ވެސް ވަނީ ބުނެފައެވެ.
މި މައްސަލަ ރިޕޯޓްކޮށްފައިވަނީ ޖުލައި 12 ވަނަ ދުވަހުގެ 15:57 އެހައިކަންހާއިރު ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ މާލެ، ބޮޑުތަކުރުފާނު މަގު، ދަރުބާރުގެ ކައިރީގައެވެ. އިތުރު މައުލޫމާތު ލިބުމުން ހިއްސާކުރާނެ ވާހަކަ ފުލުހުން ވަނީ ބުނެފައެވެ.
ގުޅުންހުރި

އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާ ފުލުހުން ހުއްޓުވައިފި

ރާއްޖެ މިދަނީ ހައިޕަރ އިންފްލޭޝަންއާ ދިމާލަށް؛ އެފަދަ ހާލަތެއްގައި އިޤްތިޞާދު ހިފަހައްޓަން އުނދަގޫވާނެ: ރައިސް ނަޝީދު

ފުލުހުންގެ ޤާބިލުކަން އިތުރުކުރުމާއި ސައިބަރ ސެކިއުރިޓީ ވަރުގަދަކުރުމާ ގުޅޭގޮތުން ޔޫ.އޭ.އީގެ ވަފުދާއެކު މަޝްވަރާކޮށްފި




