
މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ބީއެމްއެލް އާއި އެމްޓީސީސީ މަޝްވަރާކޮށްފި
# ބީއެމްއެލް# އެމްޓީސީސީފޮޓޯ: އެމްޓީސީސީ
ގުޅުން ބަދަހިކޮށް މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ބީއެމްއެލް އާއި އެމްޓީސީސީ މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާކޮށްފައިވަނީ އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ ރިޓައަރޑް އަހްމަދު ސައުދީ އާއި ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފް އާ ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
ބީއެމްއެލްގައި ބޭއްވި މި ބައްދަލުކުރުމުގައި އެމްޓީސީސީގެ ޑިޕިއުޓީ ޗީފް އޮޕަރޭޓިންގ އޮފިސަރ ހުސައިން ނައުފަލް ނާސިރުއާއި ބީއެމްއެލްގެ ޗީފް ޕްރޮޕަޓީޒް އެންޑް އެޑްމިނިސްޓްރޭޝަން އޮފިސަރ ހަސަން ޝާމް ބައިވެރިވިއެވެ.
މި ބައްދަލުކުރެއްވުމުގައި ބީއެމްއެލް އިން އެމްޓީސީސީ އަށް ފޮރުކޮށްދެވޭނެ ތަފާތު މާލީ އެހީތެރިކަމާއި ފައިނޭންސް ކުރުމުގެ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ. އަދި އެމްޓީސީސީގެ މުވައްޒަފުންނަށް ފޯރުކޮށްދެވޭނެ ހައުސިންގ އަދި ފައިނޭންސް ސްކީމުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.
އެމްޓީސީސީ އިން ބުނީ އެކުންފުނީގެ އެންމެބޮޑު ރައުސުލްމާލަކީ ރެއާއިދުވާލު ހީވާގިކަމާއެކު މަސައްކަތް ކުރަމުން އަންނަ އެކުންފުނީގެ މުވައްޒަފުން ކަމަށާއި އެހެންކަމުން މުވައްޒަފުންނަށް ތަފާތު އިނާޔަތްތައް ލިބޭނޭ މަގުފަހިކޮށްދިނުމަށް އަބަދުވެސް އިސްކަންދޭ ކަމަށެވެ.
އެމްޓީސީސީގެ އަމާޒަކީ ހިކުމަތްތެރިކަމާއެކު ވިޔަފާރިތައް ފުޅާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނީގެ ވިޔަފާރި ކުރިއަށް ގެންދިއުން ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި ކަސްޓަމަރުންނާއި ހިއްސާދާރުންނާއި ވިޔަފާރީގެ ބައިވެރިންނާއި އާންމު ރައްޔިތުން ވޭތުވެދިޔަ 45 އަހަރު ދެގޮތެއްނުވެ، ކުންފުންޏަށް ކުރަމުން އަންނަ އިތުބާރު ވަނީ ފާހަގަކޮށްފައެވެ.
ގުޅުންހުރި

ބީއެމްއެލްގެ ކޮމިއުނިޓީ އިމްޕެކްޓް ގްރާންޓުގެ ދަށުން މުވައްޒަފުން އިސްނަގައިގެން ހިންގި 7 ޕްރޮޖެކްޓެއް ނިންމާލައިފި

ޑޮލަރު ލިބޭ މިންވަރަކުން ކާޑުތަކުގެ ލިމިޓަށް ލުއިތަކެއް ދޭނެކަމުގެ ޔަގީންކަން ބީއެމްއެލްއިން ދީފި
ފެކްޓްޗެކް: އަމީނީމަގު މަރާމާތު ފެށުމުގެ ކުރިން ބަސް ރޫތުތަކަށް އަންނާނެ ބަދަލުތައް އެމްޓީސީސީން ހާމަކުރި




