
ނެއްލައިދޫގެ ކަރަންޓުގެ ޚިދުމަތް ހަރުދަނާކުރަން 600 ކިލޯވޮޓުގެ އައު ޖެންސެޓެއް ގެންގޮސްފި
# ފެނަކަ ކޯޕަރޭޝަން-
ހދ. ނެއްލައިދޫގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި 600 ކިލޯވޮޓުގެ އައު ޖެންސެޓެއް އެ ރަށަށް ގެންގޮސްފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ، މި ޖެންސެޓް މިހާރު ވަނީ ނެއްލައިދޫއަށް ބާލައި، އިންޖީނުގެއަށް އިންސްޓޯލް ކުރުމުގެ މަސައްކަތްތަކަށް ތައްޔާރުވެފައިވާ ކަމަށެވެ.
ރާއްޖޭގެ އެކި ރަށްރަށުގެ އިންޖީނުގެތަކުގެ ހާލަތު ރަނގަޅުކޮށް، ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި އައު ޖެންސެޓްތައް ބެހެއްޓުމުގެ މަސައްކަތް މެދުނުކެނޑި ކުރަމުންދާ ކަމަށް ފެނަކައިން މައުލޫމާތު ދެއެވެ.
މިއީ ރައްޔިތުންނަށް ދެވޭ އަސާސީ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، މެދުކެނޑުމެއްނެތި އިތުބާރުހުރި ކަރަންޓުގެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅުއްވާ ޚާއްސަ ސިޔާސަތުގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ.
މި އައު ޖެންސެޓް އޮޕަރޭޝަނަށް އައުމުން ނެއްލައިދޫގެ ކަރަންޓުގެ ޚިދުމަތަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ފެނަކައިން ބުނެއެވެ.
ގުޅުންހުރި

ހެނބަދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކު ހުޅުވައިފި
.jpg&w=3840&q=75)
މުވައްޒަފުންނާ ގުޅޭ ކަންކަން ހައްލުކުރަން މަޖިލީހުން ފެނަކައަށް އަންގައިފި

މާއެނބޫދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް؛ 400 ކިލޯވޮޓްގެ ޖެނެރޭޓަރު ބެހެއްޓުމުގެ މަސައްކަތް ފަށައިފި




