
އެލްޖީއޭ
ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 59 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) ގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ.

މި ފުރުޞަތު ހުޅުވާލާފައިވަނީ އެ އޮތޯރިޓީގެ ބޯޑުގައި ތިއްބެވި 3 (ތިނެއް) މެންބަރުންގެ، މެންބަރުކަމުގެ މުއްދަތު ހަމަވާތީއެވެ.
މި މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިއަދުން ފެށިގެން، 29 ޖުލައި 2026 ވާ ބުދަ ދުވަހާ ހަމައަށް، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
ގުޅުންހުރި

އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕުރޮގުރާމުގެ ފަސްވަނަ ސެޝަން ބާއްވައިފި

މީރާގެ ޑެޕިއުޓީ ކޮމިޝަނަރގެ މަޤާމަށް ކުރިމަތިލުމަށް އަލުން ހުޅުވާލައިފި

އެލްޖީއޭ ބޯޑުގެ ހުސްވާ ޖާގަތަކަށް ދެ ބޭފުޅެއްގެ ނަން ރައީސް މަޖިލީހަށް ފޮނުއްވައިފި




