
މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަކީ ސިޓީ ކައުންސިލްގެ ޒިންމާއެއް: މޭޔަރު އާޒިމް
# ޓްރެފިކް# މާލެ ސިޓީ ކައުންސިލް# މޭޔަރު އާޒިމްމާލެ ސިޓީ މޭޔަރު އާޒިމް- ފޮޓޯ: މާލެ ސިޓީ ކައުންސިލް
މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަކީ މާލޭ ސިޓީ ކައުންސިލްގެ ޒިންމާއެއް ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 8 ވަނަ ރަސްމީ އާންމު ޖަލްސާގައި ސްކޫލް ގަޑިތަކުގެ ޓްރެފިކް ބެލެހެއްޓުމާ ގުޅޭގޮތުން ހުށަހެޅުނު މައްސަލައަށް ބަހުސް ކުރައްވަމުން މޭޔަރު ވިދާޅުވީ ޓްރެފިކް މައްސަލައަކީ ސަރުކާރުން ޒިންމާވާންޖެހޭ ކަމެއް ނޫންކަމަށެވެ.
މި މައްސަލަ ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހީމް ލަބާން ޝަރީފް އެވެ.
މޭޔަރު ވިދާޅުވީ މާލޭގެ ޓްރެފިކް އަދި ޕާކިން އަށް ދިމާވެފައިވާ މި ބޮޑު މައްސަލައަށް ހައްލެއް ހޯދުމަށް ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (ޔޫއެންއެސްކެޕް) އާ ގުޅިގެން ކައުންސިލުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ނަމަވެސް މި ސަރުކާރުން މިކަމަށް ވަކިން ހާއްސަކޮށް އޮފީހެއް ހަދައިގެން އުޅޭކަން ފާހަގަކުރައްވާ މޭޔަރު ވިދާޅުވީ މި މައްސަލާގައި ސަރުކާރުން ކުރަންޖެހޭ ކަމަކީ ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ސަރުކާރުން އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭ. އެއީ އަޅުގަނޑުމެންނަކީ މި ކަމުގެ ޒިންމާވާ ފަރާތްކަމަށްވާތީ. އެ ބޭފުޅުންނަކީ ޒިންމާވާ ފަރާތެއް ނޫން. އަޅުގަނޑުމެންނަށް އުނދަގޫވާ ކަންކަން ނުކުރައްވާ" މޭޔަރު ވިދާޅުވި އެވެ.
މީގެއިތުރުން މޭޔަރު ވިދާޅުވީ ރައްޔިތުންނަށްޓަކައި މިކަމުގައި އެންމެން އެކުގައި މަސައްކަތްކުރަން ކައުންސިލުން އަބަދުވެސް ތައްޔާރަށް އޮންނާނެ ކަމަށެވެ.
ޓްރެފިކް މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ މަޝްރޫއާ ގުޅޭގޮތުން، ޔޫއެންއެސްކެޕްގެ ޓްރާންސްޕޯޓް ޑިވިޝަންގެ ސެކްޝަން ޗީފް ކެޓްރިން ލޫގަރު ވަނީ، މި އަހަރުގެ އޭޕްރީލް މަހު މޭޔަރު ޢާޒިމްއާ ބައްދަލުކުރައްވައިފަ އެވެ.
މި މަޝްރޫއުއަށް ބޭނުންވާ ފަންޑު ޔޫއެންއެސްކެޕުން ފަންޑުކުރާއިރު، މި ދިރާސާގައި މައިގަނޑު ގޮތެއްގައި ބަލަނީ އުޅަނދުތަކުގެ އަދަދާއި، ދަތުރުފަތުރުގެ ވަސީލަތްތަކާއި، މި ނިޒާމުގައި ހުރި ގޮންޖެހުންތަކަށެވެ.
މި މަސައްކަތުގެ ޑޭޓާ އެއްކުރުމަށް މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުގެ 20 މުވައްޒަފުން ވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ 1000 އަށްވުރެ ގިނަ ގޭބިސީ އަށް ޒިޔާރަތްކޮށްފަ އެވެ.
މީގެ އިތުރުން، އޮންލައިންކޮށް މައުލޫމާތު އެއްކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ. ކައުންސިލުން އާންމުކޮށްފައިވާ ލިންކު މެދުވެރިކޮށް އާންމުންނަށް މި ދިރާސާގައި ބައިވެރިވެވޭނެ އެވެ. އަދި މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ މާލޭގެ ޓްރެފިކް ތޮއްޖެހުން ކުޑަކޮށް، ރައްޔިތުންނަށް، ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ގާއިމްކުރުމެވެ.
ގުޅުންހުރި

މީހުން ނެތް ވަގުތު އޭސީތައް ނިވޭނެހެން މިސްކިތްތަކުގައި ސްމާޓް ސިސްޓަމެއް ހަރުކުރަނީ

މާލޭގައި އާންމުންނަށް އުނދަގޫނުވާނެހެން މަސްކައްކައި ރިހާކުރު ހެދޭނެ ގޮތެއް ހޯދަނީ

މާލެ ސިޓީގެ އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނާމެދު ގާނޫނީ ފިޔަވަޅު އަޅަނީ




