
ކެފޭ ރެސްޓޯރަންޓްތަކުގެ ދުންހޮޅިތަކުގެ މައްސަލަ ހައްލުކުރުމަށް ކައުންސިލުން ކޮމިޓީއަށް ފޮނުވައިފި
# މޭޔަރު އާޒިމް# މާލެ ސިޓީ ކައުންސިލް# މާލޭގެ ކެފޭ ރެސްޓޯރަންޓްތައްމާލެ ސިޓީ ކައުންސިލަރުން- ފޮޓޯ: މާލެ ސިޓީ ކައުންސިލް
މާލޭގެ ކެފޭ ރެސްޓޯރަންޓްތަކުގައި ހަރުކޮށްފައި ހުރި ދުންހޮޅިތަކުގެ މައްސަލަ ދިރާސާކޮށް، މައްސަލައަށް ދާއިމީ ހައްލެހޯދުމަށް މާލެ ސިޓީ ކައުންސިލުން އާބަން ޕްލޭނިން ކޮމިޓީއަށް ފޮނުވާފައިވާ ކަމަށް ކައުންސިލުން ބުނެފި އެވެ.

މިދިޔަ ބުދަ ދުވަހު މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 8 ވަނަ ރަސްމީ އާންމު ޖަލްސާގައި، މި މައްސަލަ ކައުންސިލަށް ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު އާއިޝަތު ނާޒިމާ އެވެ.
މި މައްސަލައާ ގުޅިގެން ވާހަކަދައްކަވަމުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މާލޭގެ ލޭންޑްސްކޭޕް އަލުން ފަރުމާކޮށް ތަރުތީބު ކުރަމުންދާއިރު، މިއީ މަޝްވަރާކޮށް ކޮންމެހެން ގޮތެއް ނިންމަންޖެހޭ މުހިންމުކަމެއް ކަމަށެވެ. އެއީ މި މައްސަލައިގެ ސަބަބުން މަގު ހިނގާބިނގާވެ އުޅޭ މީހުންނަށާއި، ކައިރީގައި ދިރިއުޅޭ އާންމުންނަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވަމުންދާކަމަށް މޭޔަރު ފާހަގަކުރެއްވި އެވެ.
މޭޔަރު ވިދާޅުވީ އާބަން ޕްލޭނިން ކޮމިޓީން މި މައްސަލަ އިތުރަށް ދިރާސާކޮށް، މިކަމާ ގުޅުންހުރި އެހެން ކޮމިޓީތަކާ މަޝްވަރާކުރުމަށްފަހު، މިކަމުގައި އަމަލުކުރާނެ ވަކި ގޮތްތަކެއް ނިންމާނެ ކަމަށެވެ.
މާލޭގެ ގިނަ ސަރަހައްދުތަކެއްގައި ހިންގާ ކެފޭ ރެސްޓޯރަންޓްތަކުގެ ދުންހޮޅިތައް ހުންނަނީ، މަގުމައްޗަށް ދުން ބޭރުވާ ގޮތަށް ނުވަތަ މީހުން ދިރިއުޅޭ އިމާރާތްތަކުގެ ކުޑަދޮރުތަކާ ދިމާއަށް ކަމަށްވާތީ، އާންމުންގެ މި ކަމުގެ ޝަކުވާ އާންމުން އަބަދުވެސް ކުރެ އެވެ.
ކައުންސިލުން މި މައްސަލަ ބަލައި ގޮތެއް ނިންމުމުން، ކުރިއަށް އޮތްތަނުގައި ދުންހޮޅިތައް ބެހެއްޓުމުގައި ވަކި މިންގަނޑުތަކަކަށް އަމަލުކުރަން ޖެހޭނެ ކަމަށް ބެލެވެ އެވެ.
ގުޅުންހުރި

މީހުން ނެތް ވަގުތު އޭސީތައް ނިވޭނެހެން މިސްކިތްތަކުގައި ސްމާޓް ސިސްޓަމެއް ހަރުކުރަނީ

މާލޭގައި އާންމުންނަށް އުނދަގޫނުވާނެހެން މަސްކައްކައި ރިހާކުރު ހެދޭނެ ގޮތެއް ހޯދަނީ

މާލެ ސިޓީގެ އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނާމެދު ގާނޫނީ ފިޔަވަޅު އަޅަނީ




