
ފޭސް 2 ގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރަނީ: އެކި ސަރަހައްދުތަކުން ކުޑަވަގުތުކޮޅަކަށް ކަރަންޓު ކެނޑުން އެކަށީގެންވޭ!
# ސްޓެލްކޯ-
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ ބެލެހެއްޓުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާ ރަސްމީކޮށް ހަވާލުކުރުމާ ގުޅިގެން، އެ ސަރަހައްދުގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށާއި، ރައްޔިތުންނަށް އިތުބާރުހުރި ދެމެހެއްޓެނިވި ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރުމަށް ނިންމައިފިއެވެ.

ސްޓެލްކޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގައިގައި ކުރަންޖެހޭ ޓެކްނިކަލް އަޕްގްރޭޑިންގ މަސައްކަތްތައް މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ތާވަލުކުރެވިފައިވާ ކަމަށެވެ.
މި މަސައްކަތްތައް ކުރިއަށްދާ ވަގުތުތަކުގައި، ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެކި ސަރަޙައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
މި މަސައްކަތުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ނިހާޔަތަށް މަޢާފަށް އެދޭކަމަށާއި، މިފަދަ މަސައްކަތްތަކަކީ ދިގު މުއްދަތަކަށް ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކުރެވޭ މުހިންމު ކަންކަން ކަމުގައިވާތީ، ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ސްޓެލްކޯއިން ވަނީ ޝުކުރު އަދާކޮށްފައެވެ.
ގުޅުންހުރި

ވޭވަށުގެ ޔުޓިލިޓީ ޚިދުމަތްތައް ފުރިހަމަކުރުމަށް ސްޓެލްކޯއިން އަމަލީ މަސައްކަތް ފަށައިފި
.jpeg&w=3840&q=75)
އިންޑަސްޓްރީގެ ބޭނުންތަކާ އެއްގޮތަށް މީހުން ބިނާކުރުމަކީ މުހިންމު ކަމެއް - ޒޫޝާން

މުވައްޒަފުންނަށް ކުރެވޭ އިންވެސްޓަކީ މުޅި ރާއްޖޭގެ ތަރައްޤީއަށް ލިބޭ ކުރިއެރުމެއް - ސްޓެލްކޯގެ އެމްޑީ




