
ބީއެމްއެލް އެޕާއި އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ޚިދުމަތްތަކަށް އެދި ހުށަހެޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްފި
# ބީއެމްއެލްފޮޓޯ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން، ކަސްޓަމަރުން ބޭންކިންގ ޚިދުމަތްތަކަށް އެދި ހުށަހެޅުމުގައި އިތުރު ލުއިފަސޭހަކަމެއް ހޯދައިދިނުމަށްޓަކައި، ބޭންކުގެ މޮބައިލް އެޕް އަދި އިންޓަރނެޓް ބޭންކިންގ އަށް އަޕްޑޭޓް ގެނެސް 'އާޔާ' އަށް މުހިންމު ބަދަލުތަކެއް ގެންނަން ފަށައިފިއެވެ.

މި އަޕްޑޭޓް އާއެކު 'އާޔާ' މެދުވެރިކޮށް ކަސްޓަމަރުންގެ ސުވާލުތަކާއި ބޭނުންތަކަށް އަވަސް ހައްލެއް ލިބި، ބޭންކިންގ ޚިދުމަތްތަކަށް އެދި ހުށަހެޅުމުގައި އިތުރު ހަލުވިކަމާއި ފަސޭހަކަމެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، ބޭނުންވެއްޖެ ހާލަތެއްގައި 'އާޔާ' މެދުވެރިކޮށް ބޭންކުގެ މުވައްޒަފެއްގެ އެހީތެރިކަން ހޯދުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. މިއީ ކަސްޓަމަރުންނަށް ބޭނުންވާ ޚާއްޞަ އެހީތެރިކަން ކަށަވަރުކޮށްދިނުމަށް ކުރެވުނު މުހިންމު މަސައްކަތެކެވެ.
މި ބަދަލާއެކު، މޮބައިލް ބޭންކިންގ އެޕް އަދި އިންޓަރނެޓް ބޭންކިންގައި ކުރިން ކަސްޓަމަރުން ބޭނުންކުރަމުން އައި މެސެޖިންގ ފީޗަރ މެދުވެރިކޮށް ބޭންކިންގ ޚިދުމަތްތަކަށް އެދި ހުށަހެޅުން މެދުކަނޑާލެވޭނެއެވެ.
މިއީ ބީއެމްއެލްގެ ޑިޖިޓަލް ބޭންކިންގ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ކަސްޓަމަރުންނަށް ލުއިފަސޭހަ އަދި އިތުބާރު ހުރި ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބޭންކުން މެދުނުކެނޑި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅި މުހިންމު ފިޔަވަޅެކެވެ.
ގުޅުންހުރި

ބީއެމްއެލްގެ ކޮމިއުނިޓީ އިމްޕެކްޓް ގްރާންޓުގެ ދަށުން މުވައްޒަފުން އިސްނަގައިގެން ހިންގި 7 ޕްރޮޖެކްޓެއް ނިންމާލައިފި

ޑޮލަރު ލިބޭ މިންވަރަކުން ކާޑުތަކުގެ ލިމިޓަށް ލުއިތަކެއް ދޭނެކަމުގެ ޔަގީންކަން ބީއެމްއެލްއިން ދީފި

އޭޝިއަން ބޭންކަރސް އެސޯސިއޭޝަންގެ ޗެއާމަންގެ މަޤާމަށް ބީއެމްއެލްގެ ސީއީއޯ




