
އަންނަ ރޯދައިގެ ކުރިން 16 މިސްކިތަކާއި ޤުރްއާން މަރުކަޒުގެ 2 މަޝްރޫޢެއް ނިމޭނެ - ޝަހީމް
# އިސްލާމިކް މިނިސްޓްރީ-
ސަރުކާރުން ހިންގަވާ އިސްލާމީ ދާއިރާގެ މަޝްރޫއުތަކުގެ ތެރެއިން 16 މިސްކިތެއްގެ މަސައްކަތާއި، ކީރިތި ޤުރްއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮފީގެ ގޮތުގައި ތަރައްގީކުރާ ދެ މަޝްރޫއެއް އަންނަ ރޯދަމަހުގެ ކުރިން ނިމޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރު މިއަދު މީޑީއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިފަދަ މަޝްރޫއުތައް އަވަހަށް ނިންމެވުމަށް ހާއްސަ ސަމާލުކަމެއް ދެއްވާ ކަމަށެވެ.
އަދި މިނިސްޓްރީއާއި އަމިއްލަ ފަރާތްތަކާ ގުޅިގެން ހުޅުމާލޭގައި ބިނާކުރަމުންދާ ދާއިމީ މިސްކިތްތައް، މިއަހަރު ނިމުމުގެ ކުރިން ހުޅުވުމަށްޓަކައި އަވަސް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ސަރުކާރުގެ އެންމެ ނޮޑު އަމާޒަކީ މިއަހަރުގެ ނިޔަލަށް ހުޅުމާލޭގައި މިހާރު ބޭނުންކުރަމުންދާ ވަގުތީ މިސްކިތްތައް އުވާލުން ކަމަށް ޝަހީމް ވިދާޅުވިއެވެ. މިއީ ހުޅުމާލޭގެ އާބާދީއަށް އެކަށީގެންވާފަދަ ދާއިމީ މިސްކިތްތައް ގާއިމުކުރުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ބައެކެވެ.
އިސްލާމީ ދާއިރާއިން ކުރިއަށްދާ އިތުރު މަޝްރޫއުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، އިސްލާމީ ވަގުފު މަޝްރޫއުތަކުގެ ތެރެއިން ބައެއް މަޝްރޫއުތައް އަންނަ އަހަރުގެ ފަހުކޮޅުގައި ނިމި، އާންމުންނަށް އޭގެ މަންފާ ލިބެން ފަށާނެ ކަމަށެވެ.
ގުޅުންހުރި

ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން 2026 ފަށައިފި

ވަޤުފާއި ޞަދަޤާތުގެ ލިންކުތަކުން މިއަހަރު މިހާތަނަށް 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ

ލޯކަލް ޓޫރިޒަމްގެ ސަބަބުން މުޖުތަމަޢަށް ކުރާ އަސަރު ދެނެގަތުމަށް ދިރާސާއެއް ހަދަނީ




