
ގައްދޫގައި ކުރިއަށްގެންދިޔަ ބޭސިކް ހޭންޑްބޯޅަ ކޯޗިން ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފި
# ދިވެހި ކުޅިވަރު # ހޭންޑްބޯލް މޯލްޑިވްސްގައްދޫގައި ކުރިއަށްދާ ބޭސިކް ހޭންޑްބޯޅަ ކޯޗިން ކޯހުގެ ބައިވެރިން..
ހޭންޑްބޯޅަ މޯލްޑިވްސް އާއީ ގައްދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން އެރަށުގައި ކުރިއަށްގެންދާ ބޭސިކް ހޭންޑްބޯޅަ ކޯޗިން ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ގައްދޫ ފުޓްސަލް ދަނޑުގައި ރޭ ބޭއްވި ކޯސް ނިންމިމުގެ ރަސްމިޔާތު ޝަރަފުވެރިކޮށްދެއްވީ ގައްދޫ ކައުންސިލްގެ ރައީސް އިލްހާމް ރަޝީދު އެވެ. އަދި މިރަސްމިއްޔާތުގައި ހޭންޑްބޯޅަ މޯލްޑިވްސްގެ ނައިބު ރައީސް ޢަބްދުﷲ ސަލީމްގެ އިތުރުން ގައްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން ވަނީ ބައިވެރިވެފައެވެ.
ޖުލައި 2026 އިން 21 ޖުލައި 2026 ގެ ނިޔަލަށް ގައްދޫގައި ކުރިއަށް ގެންދިޔަ ބޭސިކް ހޭންޑްބޯޅަ ކޯޗިން ކޯހުގައި ޖުމްލަ 19 ފަރާތަކުން ބައިވެރިވިއިރު، އޭގެ ތެރޭގައި ހިމެނެނީ ނުވަ ފިރިހެނުންނާއި 10 އަހަންހެނުންނެވެ. އަދި ކޯހުގެ ބައިވެރިންގެ ތެރެއިން 16 ފަރާތަކުން ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކުރިއިރު، ކޯހުން ފާސްވި ފަރާތްތަކަށް ސެޓެފިކެޓް ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާން ގައްދޫ ކައުންސިލްގެ ރައީސް އިލްހާމް ރަޝީދު އެވެ.
މި ކޯހުގަ އިންސްޓްރަކްޓަރ ގެ ގޮތުގައި ކިޔަވައި ދެއްވަނީ ގައުމީހޭންބޯލް އަންހެންޓީމް ގެ ކޯޗު އިބްރާހިމް ހައިޝަމް ޢަބްދުﷲ ގާފު ސްޕޯސްޓް އާއި ވާހަކަދައްކަމުން ބުނީ ކޯސް ކުރިއަށް ގެންގޮސްފައިވަނީ ދެބަޔަކަށް ބަހާލައިގެންކަމަށެވެ. އެގޮތުން މުޅި ކޯހުގެ 75 ޕަސެންޓަކީ ޕްރެކްޓިކަލް އަދި 25 ޕަސެންޓް ތިއަރީކަމަށެވެ.
ކޯހުގެ ގިނަ ބައިވެރިންނަކީ ހޭންޑްބޯޅައަށް މުޅިން އާ ބައެއް، ނަމަވެސް ކޯހުގެ މުއްދަތުގައި ހުރިހާ ބައިވެރިން ވެސް ވަނީ ވަރަށް ރަނގަޅަށް މަސައްކަތްކޮށްފައެވެ. އަދި ސެޓްފިކެޓް ހާސިލްކުރި ކޯޗުންނަކީ މިހާރު ޖޫނިއާ ލެވެލްގެ ކުޅުންތެރިންނަށް ތަމްރީނު ދިނުމުގެ ގާބިލްކަން ބައެއްކަން ފާހަގަކޮށްލަން...
ކޯސް ފެއްޓުމުގެ ކުރިން ހޭންޑްބޯޅަ މޯލްޑިވްސްގެ ނައިބު ރައީސް އަހުމަދު ސަލީމް ގާފު ސްޕޯޓްސްއަށް މައުލޫމާތު ދެއްވިގޮތުގައި މިސަރަހައްދުގެ ޒުވާނުންގެ މެދުގައި ހޭންޑްބޯޅައަށް ވަރަށް ބޮޑު ތަރުހީބެއް އެބައޮތްކަމަށާއި ނަމަވެސް އެކަށީގެންވާ އަދަދަކަށް ތަމްރީން ލިބިފައި ތިބި ކޯޗުން ނެތްކަން ފާގަކުރެއްވިއެވެ.
ގުޅުންހުރި

ކެރަމް އެސޯސިއޭޝަންގެ ފަރާތުން މުހްޔިއްދީން ސްކޫލަށް ކެރަމް ބޯޑުތަކެއް ހަދިޔާކޮށްފި

އޭއެފްސީ ޗެލެންޖް ލީގު: މާޒިޔާ ކަޓުވާލުމަށްފަހު ރެގާރު ގުރޫޕް ސްޓޭޖުން ޖާގަ ހޯދައިފި

ރާއްޖެ ޖޫނިއަރ ހޭންޑްބޯޅަ: ވިއްސާރަވެ މޫސުން ގޯސްވުމުގެ ސަބަބުން މިއަދާއި މިރޭގެ މެޗުތައް ކެންސަލް




