
ކަސްޓަމްސްއިން އަތުލައިގެންފައިވާ މަސްތުވާތަކެތި- ފޮޓޯ: ކަސްޓަމްސް
ކަނޑުމަގުން އެތެރެކުރި 3 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3.1 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.
ކަސްޓަމްސްއިން ބުނީ މިތަކެތި އަތުލައިގެންފައިވަނީ އިއްޔެ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ބަރުދަނަކީ ޖުމްލަ 3110 ގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީގެ އަގަށް 5.6 މިލިޔަން ރުފިޔާ އަރާނެކަމަށް ކަސްޓަމްސްއިން ބުންޏެވެ.
މި މަސްތުވާތަކެތީގެ ބާވަތަކީ ސިންތެޓިކް ކެތިނޯން ކަމަށް ކަސްޓަމްސްއިން ބުންޏެވެ. އަދި މިތަކެތި އަތުލައިގެންފައިވަނީ މާލެ ކޮމާޝިއަލް ހާބަރުން ކަމަށްވެސް ކަސްޓަމްސްއިން ފާހަގަކުރި އެވެ.
މީގެއިތުރުންވެސް ކަސްޓްމަސްއިން ދަނީ މިހާރު ވަރަށް ގިނައިން މަސްތުވާތަކެތި އަތުލައިގަންނަމުންނެވެ. އެއީ ވައިގެ މަގުންނާއި ކަނޑުގެ މަގުންވެސް އެތެރެކުރާ އެތައް ބާވަތެއްގެ މަސްތުވާތަކެއްޗެވެ.
ގުޅުންހުރި

ލަގެޖުގައި ފޮރުވައިގެން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފި

ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު 25 އަހަރަށް ޖަލަށް!

ޖޫންމަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް 400 މިލިޔަނަށް ވުރެ ގިނަ ރުފިޔާ




