
ހިތަދޫ އިންޖީނުގޭގެ ބިއްދަށުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި
# އަލިފާނުގެ ހާދިސާ# އެމްއެންޑީއެފް# އައްޑޫ ސިޓީ ހިތަދޫހިތަދޫ އިންޖީނުގޭގެ ބިއްދޮށުގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ ތެރެއިން- ފޮޓޯ: އެމްއެންޑީއެެފް
އައްޑޫ ސިޓީ ހިތަދޫ "އާރުއޭއެފް" އިންޖީނުގޭގެ ބިއްދޮށުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި އެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ބުނީ އާރުއެފް އިންޖީނުގޭގެ ބިއްދޮށުގައި ރޯވި އަލިފާންގަނޑު ރޯވީ އެތަނުގައި ހުރި ކުނިތަކެއްގައި ކަމަށެވެ.
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔާ ސްޓޭޝަނުން ނިއްވާލާފައިވާއިރު، އެ ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 14:30 ހާއިރުލިބުމާއެކު ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔާފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައިވާ ކަމަށެވެ.
ފަޔާފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ މިއަދު ހަވީރު 15:18 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތު ލިބިފައި ނުވާކަމަށްވެސް އެމްއެންޑީއެފުން ފާހަގަކުރި އެވެ.
މިހާރަކަށް އައިސް އަލިފާނުގެ ހާދިސާތައްދަނީ ގިނަވަމުންނެވެ.
ގުޅުންހުރި

ގެއްލުނު މީހުން ހޯދުމުގެ އޮޕަރޭޝަން ވަރުގަދަކޮށް ކަނޑާއި ވައިގެ މަގުން 7،000 އަށްވުރެ ބޮޑު ސަރަޙައްދެއް ބަލައިފި

ސަޕްލައި ދޯނި ބަންޑުން ޖަހާލައި އަޑިއަށްދިޔަ ސަރަހައްދުގެ ފުންމިނުގައި ގާތްގަޑަކަށް 1645 މީޓަރު ހުންނާނެ ކަމަށް ބެލެވޭ - ސިފައިން

ކުޅުދުއްފުށީ ވިލާ ކޮލެޖް ކެމްޕަހުގެ ދަރިވަރުންނަށް ފަޔާ އެވެއާނަސް ސެޝަނެއް ކުރިއަށް ގެންގޮސްފި




