
މިނިވަންކަމުގެ ހަގީގީ އިހުސާސް ކުރެވޭނީ އެކި ގޮތްގޮތުން ޤައުމަށް މިނިވަންކަން ލިބިގެން: ރައީސް
# ރައީސް މުއިއްޒު# މިނިވަން ދުވަސްފޮޓޯ: ރައީސް އޮފީސް
މިނިވަންކަމުގެ ހަގީގީ އިހުސާސް ކުރެވޭނީ އެކި ގޮތްގޮތުން ޤައުމަށް މިނިވަންކަން ލިބިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަންދުވަހާ ގުޅިގެން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ މި ޖަލްސާގައި ދައުލަތަށް ދިގު މުއްތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންނަށް އިނާމު ދޭން ނިންމަވާފައިވާ ސަބަބު ތަފްސީލުކޮށްދެއްވާފައެވެ.
ރައީސް ވިދާޅުވީ ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ކޮންމެ ބޭފުޅަކީވެސް މަތިވެރި ސިފަފުޅުތަކެއް ހުރި ބޭފުޅުންތަކެއް ކަމަށެވެ. އެގޮތުން، ނަޒާހަތްތެރިކަމާއި އަމާނާތްތެރިކަމާއި ވަފާތެރިކަމާއި މުރާލިކަމާއި އިޚްލާސްތެރިކަމުގެ އިތުރުން ކެތްތެރިކަމާއި ކަމަށް ކަމޭހިތުމުގެ މަތިވެރި ސިފަތައް އެެ ބޭފުޅުންގެ ފަރާތުން ފެނިފައިވާ ކަމަށާއި ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް އެ ސިފަތައް ރައްޔިތުންގެ ކިބައިގައި އަށަގަނެވިފައި ހުރުން މުހިންމު ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ޤައުމުގެ މިނިވަންކަން ގެއްލިދިޔަ ކޮންމެ ފަހަރަކު އެކަންވީ އެ ރިވެތި ސިފަތައް އަށަގެންފައި ނެތް ދިވެހީންތަކެއްގެ ސަބަބުން ކަމަށެވެ. އަދި މިނިވަންކަން އަނބުރާ ހޯދައިދެއްވި ކޮންމެ އަބުޠާލަކު ކުރެއްވި މަތިވެރި ޖިހާދުތަކުން ފެނިގެން ގޮސްފައިވަނީ މި ރިވެތި އާދަތައްކަންވެސް ފާހަގަކުރެއްވިއެވެ. އަދި ސިޔާސީ ގޮތުން ލިބޭ މިނިވަން ކަމުގެ އިތުރުން ޚާރިޖީ ގޮތުންނާއި ދާޚިލީ ގޮތުން ލިބޭ މިނިވަންކަމާއި ޝަރުޢީ ދާއިރާ މިނިވަންވެފައި އޮތް މިންވަރާއި އިގްތިސާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ޤައުމަށް ލިބިފައިވާ މިނިވަންކަމަކީ ޤައުމުގެ މިނިވަންކަމާ ގުޅިފައިވާކަންތައްތައް ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ޤައުމުގެ މިނިވަންކަން ދެމެހެއްޓެވުމަށް ޚާރިޖީ ސިޔާސަތުގެ މުހިންމުކަންވެސް ފާހަގަކުރައްވާފައެވެ. އެގޮތުން، އަދުގެ ސަރުކާރުން އަބަދުވެސް އިސްކަންދެއްވާނީ ޤައުމާއި ދިވެހި ރައްޔިތުންގެ މަސްލަހަތަށް ކަމަށް ވިދާޅުވިއެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ރައީސުލްޖުމްހޫރިއްޔާ، "ރައްޔިތުންގެ އަޑު" ސިލްސިލާގެ ބައްދަލުވުންތައް ފައްޓަވައިފި

ޤައުމީ އިނާމު ދިނުމުގެ ރަސްމިއްޔާތު ހޮނިހިރު ދުވަހު އުތީމުގައި: މި އަހަރުގެ ޤައުމީ އިނާމު 10 ބޭފުޅަކަށާއި ދެ މުއައްސަސާއަކަށް!

ސަރުކާރުގެ ޚަރަދުގައި ބިނާކުރާ ޢަރަބިއްޔާ ސްކޫލުގެ އާ ޢިމާރާތުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް ބައްލަވާލައްވައިފި




