
ޠާރިޤް އިބްރާހިމް
ރާއްޖޭން އިންޓަނޭޝަނަލް ރިނިއުބަލް އެނަރޖީ އެޖެންސީ (އައިރީނާ) އަށް ކަނޑައަޅުއްވާ ދާއިމީ މަންދޫބުގެ ގޮތުގައި ކުރީގެ އެންވަޔަރަރްމެންޓް މިނިސްޓަރ ޠާރިޤް އިބްރާހިމް އައްޔަން ކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

އެގޮތުން ރައީސް ވަނީ އައިރީނާއަށް ކަނޑައަޅުއްވާ ދާއިމީ މަންދޫބަކަށް ޠާރިޤް އައްޔަން ކުރެއްވުމަށް ރުހުން ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ. އަދި އެ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
އައިރީނާއަށް ކަނޑައަޅުއްވާ މަންދޫބަކަށް ޠާރިޤު އައްޔަން ކުރެވޭނީ މަޖިލީހުގެ ކޮމިޓީން އެ މައްސަލަ ދިރާސާކޮށް، މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުން ރުހުން ލިބުމުންނެވެ.
ޠާރިޤް އިބްރާހިމް ވަނީ މީގެ ކުރިން މި ސަރުކާރުގެ ތިމާވެއްޓާބެހޭ ވަޒީރުގެ މަޤާމުވެސް އަދާކުރައްވާފައެވެ. އަދި ޠާރިގު މިހާރު ހުންނެވީ ރާއްޖޭން އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމުގައެވެ. މީގެ ކުރިން ރާއްޖޭން އައިރީނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުގެ މަޤާމުގައި ހުންނެވީ ކުރިން އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު މުޙައްމަދު ޙުސައިން ޝަރީފެވެ.
ގުޅުންހުރި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ދިގު ދަންމާލަން ފާސްކޮށްފި

ކައުންސިލްތަކާ މަޝްވަރާނުކޮށް ބިން ސަރުކާރަށް ނުނެގޭ ގޮތް ހަދަން ހުށަހަޅުއްވައިފި

އަހަރީ ފީގެ ފައިސާ މާލެ ސިޓީ ކައުންސިލުގެ ބަޖެޓުން އުނިކުރަން ވަޒީރު އެދިވަޑައިގެންފި
.jpg&w=3840&q=75)



